ރ. އަތޮޅު ތައުލީމީ މަރުކަޒަށް ރިލީފް ޓީޗަރެއް ހޯދަނީ
ރ. އަތޮޅު ތައުލީމީ މަރުކަޒަށް ރިލީފް ޓީޗަރެއް ހޯދުމަށް އިއުލާންކޮށްފިއެވެ.   ދިވެހި ސަރުކާރުގެ ގެޒެޓުގައިވާ އިއުލާނެއްގައިވާގޮތުން މި ވަޒީފާއަކީ 3 މަސްދުވަހުގެ ވަޒީފާއެކެވެ. އަސާސީ މުސާރައަށް 4500 އާއޮ 6090 ދެމެދުގެ މުސާރައެއް ލިބޭއިރު ސާވިސް އެލަވަންސްގެ ގޮތުގައި 1500 އާއި 2500 އާއި ދެމެދުގެ އަދަދެއް މި ވަޒީފާއަށް ހޮވޭ ފަރާތަކަށް ލިބޭނެއެވެ.      މި ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން 29 އޭޕްރީލް 2019ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން ރ. އަތޮޅު ތައުލީމީ މަރުކަޒަށް ފޯމު ހުށައަޅަންޖެހެއެވެ. އީ މެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށައަޅުއްވާނީ admin@raec.edu.mv އަށެވެ.    މި މަޤާމަށް މީހަކު ނެގުމަށް ބާއްވާ އިންޓަވިޔު އޮންނާނީ 30 އޭޕްރީލްއާއި 2 މެއިއާދެމެދުގެ ދުވަހެއްގައި ރ. އަތޮޅު ތައުލީމީ މަރުކަޒުގައެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...