ޕީޕީއެމް ޕީއެންސީގެ ޖޮއިންޓް ޕީޖީ ގްރޫޕުގެ ލީޑަރަކަށް އާދަމް ޝަރީފް!
ޕީޕީއެމް އަދި ޕީއެންސީގެ ޖޮއިންޓް ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރަކަށް މަޑުއްވަރީ ދާއިރާގެ އިންތިހާބީ މެމްބަރު އާދަމް ޝަރީފް އައްޔަންކުރުމަށް ނިންމަވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ. 
   އެމަނިކުފާނު މިހެން ވިދާޅުވީ މިހާރު ކުރިއަށްދާ ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުންނެވެ.  އެ ޕްރޮގްރާމުގައި  ވާހަކަފުޅުދައްކަވަމުން އާދަމް ޝަރީފު ވިދާޅުވީ މިވަގުތު އެމަނިކުފާނު ޕީއެންސީގެ އިންތިޤާލީ  ނައިބު  ރައީސްގެ މަޤާމުގައި ހުންނެވި ނަމަވެސް ކުރިއަށްއޮތް ޕީއެންސީގެ ކޮންގެރެސްގައި  އެމަގާމަށް  އެމަނިކުފާނު އެ މަގާމަށް ވާދަނުކުރައްވާނެކަމަށެވެ.

އާދަމް ޝަރީފު  ވިދާޅުވީ އެމަނިކުފާނު ވެވަޑައިގަންނަވާނީ ޕީއެންސީގެ ޕީޖީ ލީޑަރަށްކަމަށާއި ނައިފަރު ދާއިރާގެ  މެމްބަރު  ޝިޔާމް ވެވަޑައިގަންނަވާނީ ޕީޕީއެމްގެ ޕީޖީ ލީޑަރަށްކަމަށެވެ. އެގޮތަށް އެކަންވެއްޖެނަމަ ޖޮއިންޓް  ޕާލަމެންޓަރީ  ގްރޫޕުގެ  ލީޑަރަކަށް ވެވަޑައިގަންނަވާނީ އާދަމް ޝަރީފުތޯ ސުވާލުކުރެއްވުމުން އާދަމް ޝަރީފް  ވިދާޅުވީ  އެގޮތަށް  މިހާރު އެއްބަސްވެވިފައިވާކަމަށެވެ.
 
 އިތުރަށް ވާހަކަފުޅުދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ 38 އަހަރު  ސަރުކާރުން ހަވާލުކުރެއްވި ޒިންމާ  އަދާކުރެވިއްޖެކަމަށާއި  އެމަނިކުފާނު ދެން ބޭނުންވެލައްވަނީ ރައްޔިތުންގެ ޚާދިމެއްގެ ގޮތުގައި  ޚިދުމަތްކުރެއްވުމަށްކަމަށެވެ.  އެގޮތުން މަޑުއްވަރީ ދާއިރާއަށް ބޭނުންވާ ތަރައްޤީ  ގެނައުމުގައި މަޖިލީހުގައި  އިސްސަފުގައި އެމަނިކުފާނު މަސައްކަތްޕުޅުކުރައްވަން ބޭނުންފުޅުވެލައްވާކަމަށްވެސް ވިދާޅުވިއެވެ.       މަޑުއްވަރީ ދާއިރާގެ ގޮނޑި އާދަމް ޝަރީފް ކާމިޔާބުކުރެއްވީ 26 ވޯޓުގެ ތަފާތަކުންނެވެ. އެމަނިކުފާނާ އެންމެ  ގާތުން  ވާދަކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓު އާދަމް ޝިހާމެވެ. 
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...