ނޭނގި ހުއްޓާ ހިނގި ބަޣާވާތް - 1 ވަނަ ބައި
ހުޅަނގަށް ލިބަރަލިޒަމް ފެތުރުނު ގޮތުގެ ކުރު ވާހަކައެއް   ވަރަށް ކުރީ ޒަމާނެއްގައި ކެތޮލިކް މީހަކާ ޕްރޮޓެސްޓަން ( މި ދެ ފިރްޤާއަކީ ކްރިސްޓިއަން ދީންގެ ދެފިރުޤާއެވެ) މީހަކު އުޅުނެވެ. މިދެމީހުން އެކަކު އަނެކަކު ދެކެ ވަރަށް ރުޅިއާދެއެވެ. އެއީ އެދެމީހުން ޤަބޫލުކުރާ އަޤީދާ ތަފާތުވާތީއެވެ.
އެއްދުވަހަކު ކެތޮލިކް މީހާ ޕްރޮޓެސްޓް މީހާއާ ދިމާލަށް ބުންޏެވެ. "ކަލޭ އަަލަށް އުފައްދައިގެން ތިޔައުޅޭ އެއްަޗަކީ މުޅިން ބާތިލް އެއްޗެކެވެ. ކަލޭ އަހަރެމެންގެ އަޤީދާ ޤަބޫލުކުރާށެވެ." މިއަށް ރައްދު ދެމުން ޕްރޮޓެސްޓެންޓް މީހާ ބުންޏެވެ. "ހަމަ ހިލާ އެހެނެއް ނުވާނެއެވެ. އަހަރެން އަހަރެންގެ އަޤީދާ ދުލެއްނުކުރާނަމެވެ."
ކެތޮލިކް މީހާ ބުންޏެވެ. "ކަލެއަކީ މި ދީން ހަލާކުކުރަން އުޅޭ ބަޔަކަށްވާތީވެ. އަދި ކަލޭ އަހަރެމެންގެ ދީނަށް ރުޖޫއަ ނުވެއްޖެއްޔާ ބާރުގެ ބޭނުން ކުރަން ޖެހިދާނެއެވެ."
މި ޒުވާބު ބޮޑުވެ މި ދެ މީހުން އެކަކު އަނެކަކާ މާރާމާރީ ހިންގިއެވެ. އަދި މި ތަޅާފޮޅުން ވަރަށް ދިގުޒަމާނަކަށް ދެމިގެން ދިޔައެވެ. އަދި މި ތަޅާފޮޅުމުގައި ދެމީހުން ވަރަށް ބޮޑަށް ވަރުބަލިވެއްޖެއެވެ.
"އޭ ދެން މިކަމެއް އަބަދަކު ނުކުރެވޭނެ" ކަތޮލިކް މީހާ ބުންޏެވެ. " އާނ..  އަސްލުވެސް މިކަން އެބަޖެހޭ ހުއްޓާލަން" ޕްރޮޓެސްޓެންޓް މީހާ ބުންޏެވެ. އަދި އޭނަ ބުންޏެވެ. "ކިހިނެއްވާނީ އެކަކު އަނެކަކާ ތަޅާނުފޮޅާ ހަމަ އެކަނި އަޤީދާ އާމެދު ބަހުސް ކުރުން. އަދި މި ބަހުސްއިން މޮޅުވާ ކޮޅަކަށް ދެފަރާތުންވެސް ތަބައުވާނީއެވެ." ކެތޮލިކް މީހާ މިކަމާ އެއްބަސް ވިއެވެ. އަދި ބުންޏެވެ. "ސަރުކާރު ހިންގާ ޤާނޫނު ހަދާނީ ކިހިނެއްހެއްޔެވެ. ޕްރޮޓެސްޓެންޓް މީހާ ބުންޏެވެ. ”އަހަރަމެން ދެމީހުންނަކީ ވެސް ކްރިސްޓިއަނުންނަށް ވީމާ ގިނަ ކަންތަކުގައި އަހަރެމެން ދެމީހުންނަށް އެއްބަސްވެވޭނެއެވެ." މިދެމީހުންވެސް މި ހުރިހާ ޝަރުތުތަކަށް އެއްބަސްވެ ދެމީހުންގެ މެދުގައި ސުލްހަވެރިވެ ދީނީކަންތަކުގައި ތަޅާފޮޅުން ހުއްޓާލިއެވެ.
މިހެން ދުވަސްތަކެއް ވޭތުވަމުން ދަނިކޮށް ލިބަރަލް މީހެއް އައެވެ.
އޭނާ ބުންޏެވެ. " އޭ! ކޮބާ ކިހިނެއް؟ " ކުޑަ ޚިޔާލެއް ދޭންވެގެން މިއުޅެނީ.. ކަލޭމެންގެ ދީނުގައިވާ ބައެއް މަނާ ކަންތައް އަހަރެމެންނަށް ކުރެވޭނެ ގޮތް ހަދައިދޭން ވީއެއްނުން.. އަހަރެމެން އެއީ މަނާކަމެއްގެ ގޮތުގައި ނުދެކޭ ކަންތައް.. މި ޒަމާނުގައި "ޓޮލެރެންސް" ނެތިއްޔާ އެއީ ވަރަށް ދެރަކަމެއްނު." މިހެން ބުންޏަސް ކަލޭމެންގެ ޝަރީއަތް އޮންނާނީ" އަހަރެމެންގެ އަމިއްލަ ގޮތުގައި އުޅެން ދޫކޮށްލާ، އޭރުން އަހަރެމެންނަށްވެސް ކަލޭމެންނަށްވެސް ވަރަށް ހަމަޖެހިގެން އުޅެވޭނެއެވެ.

 (ނުނިމޭ)
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...