ޖަނަރޭޓަރުތަކަށް ބާރުބޮޑުވެ މުޅި ރަށުން ކަރަންޓު ކެނޑިއްޖެ
ޖަނަރޭޓަރުތަކަށް ބާރުބޮޑުވެ މުޅި މީދޫއިން ކަރަންޓު ކެނޑިއްޖެއެވެ.   ދާދިދެންމެއަކު މުޅި ރަށުން ކަރަންޓު ކެނޑިފައިވާއިރު ފެނަކަ ކޯޕަރޭޝަން މީދޫ ބުރާންޗުން މަޢުލޫމާތު ދިން ގޮތުގައި އަނބުރާ ކަރަންޓު ދެވޭނީ 30 މިނެޓު ފަހުންކަމަށެވެ. "އަޑީތެޔޮ އަދި ފެން ޗެކުކޮށްލާފަ ޖެނެރޭޓަރު ސްޓާޓުކުރަން 30 މިނެޓު ނަގާނެ" ފެނަކަ މީދޫ ބުރާންޗުގެ ސުޕަވައިޒަރަކު ބުންޏެވެ.   މީދޫގައި ކަރަންޓު ކެނޑުމުގެ މައްސަލަ ބޮޑުވެފައިވާއިރު މިކަން ހައްލުވާނީ އާ ޖެނެރޭޓަރު ސެޓެއް ލިބުމުންކަމަށް ފެނަކަ ކޯޕަރޭޝަން މީދޫ ބުރާންޗުން މީގެ ކުރިން ބުނެފައިވެއެވެ. ފެނަކަ ކޯޕަރޭޝަނުން މިއަދު މަޢުލޫމާތު ދިން ގޮތުގައި 600 ކިލޯވޯޓުގެ މި ޖަނަރޭޓަރު މިހާރުވަނީ މާލެ ގެނެސްފައެވެ.   ރޯދަކުރިއަށް މީދޫގެ ކަރަންޓުގެ މައްސަލައަށް ދާޢިމީ ހައްލެއް ނުލިބިއްޖެ ރައްޔިތުންނަށް ބޮޑެތި އުނދަގޫތަކާއި ކުރިމަތިވާނެކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...