ރ. ހުޅުދުއްފާރު ހުޒޫރު ޕްރީ ސްކޫލުގެ ދަރިވަރުން ރ. މީދޫ ޕްރީ ސްކޫލަށް ޒިޔާރަތްކޮށްފި
ތަޖުރިބާ ހޯދާ މައުލޫމާތުބަދަލުކުރުމުގެ ދަތުރެއްގައި ރ. ހުޅުދުއްފާރު ހުޒޫރު ޕްރީ ސްކޫލުގެ ދަރިވަރުންނާއި މުދައްރިސުން އަދި ބެލެނިވެރިން ރ. މީދޫ ޕްރީ ސްކޫލަށް ޒިޔާރަތްކޮށްފިއެވެ.   މިދިޔަ ހުކުރު ދުވަހު ކުރި މި ޒިޔާރަތުގައި ހުޒޫރު ޕްރީ ސްކޫލުގެ 25 ދަރިވަރުންނާއި އެދަރިވަރުންގެ ބެލެނިވެރިންގެ އިތުރުން މުދައްރިސުންވެސް ބައިވެރިވިކަމަށް މީދޫ ޓައިމްސްއަށް މައުލޫމާތުލިބިފައިވެއެވެ.    މީދޫ ޓައިމްސްއަށް މައުލޫމާތުދެއްވަމުން މީދޫ ޕްރީ ސްކޫލުގެ ޕްރިންސިޕަލް ޙުސައިން އަފީފު ވިދާޅުވީ ހުޒޫރު ޕްރީސްކޫލުން މީދޫ ޕްރީ ސްކޫލް އިޚްތިޔާރުކުރައްވާ މި ދަތުރުކުރެއްވުމުން އެކަމާ އުފާ ކުރައްވާކަމަށް ވިދާޅުވިއެވެ. އަދި މީދެ އިތުރުން މިދަތުރުގައި ދެ ސްކޫލުގެ މެދުގައި ޚިޔާލު ބަދަލުކުރެވި ވަރަށް ގިނަ ފައިދާތަކެއްވެސް ލިބިގެންދިޔަކަމަށް އަފީފް ވިދާޅުވިއެވެ.    މިދަތުރުގައި ދެ ސްކޫލުގެ ބެލެނިވެރިންގެ މެދުގައާއި ކުދިންގެ މެދުގައި ތަފާތު އެކިއެކި ކުޅިވަރުތައްވެސް ކުލެވުނުކަން ފާހަގަކޮށްލެވެއެވެ. 
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...