ރ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އަނގޮޅިތީމުން ހޯދައިފިއެވެ.

އަނގޮޅިތީމުން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ މިއަދު ހަވީރު ކުޅުނު ފައިނަލް މެޗުގައި 11-7 އިން ހުޅުދުއްފާރު ބަލިކޮށްގެންނެވެ. މުބާރާތުގެ ހުރިހާ މެޗެއްގައިވެސް އަނގޮޅިތީމުގެ ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ވަނީ 30000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ. މިއަހަރުގެ މުބާރާތުގައި އަނގޮޅިތީމު، ހުޅުދުއްފާރުގެ އިތުރުން ބައިވެރިވެފައިވަނީ އިނގުރައިދޫ އަދި މަޑުއްވަރީންނެވެ.