ލޯތްބާއިއެކު ސީރިޔާ އަދި ޣާޒާގެ މުސްލިމުންނަށް ރޯދައަށް ކާތެކި ހަދިޔާކުރުމުގެ ފުރުސަތު!
ކުރިއަށް އޮތް ރަމަޟާން މަހު ޣާޒާ އަދި ސީރިޔާގައި ހާލުގައި ޖެހިފައިވާ މުސްލިމް އަޚުންނާއި އުޚުތުންނަށް ކާތެކި ފޯރުކޮށްދިނުމަށް އިންޓާނޭޝަނަލް އެއިޑް ކެމްޕެއިނުން ހާއްސަ ކެމްޕެއިނެއް ފަށައިފިއެވެ.   ޙާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީވުމަށް އެކިކަހަލަ ކެމްޕެއިންތައް ކުރިއަށް ގެންދަމުން އަންނަ އައި.އޭ.ސީ އިން މިފަހަރު މި ފެށި ކެމްޕެއިން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އޭޕްރިލް 11 އިން މެއި 30 ވަނަ ދުވަހާއިހަމައަށެވެ. މި ކެމްޕެއިންގައި ޢާއިލާތަކަށް ދިނުމަށް ހަމަޖެހިފައިވާ އެހީގެ ޕެކޭޖުގެ އަގަކީ 50 ޑޮލަރު ނުވަތަ 771 ރުފިޔާކަމަށް އައި.އޭ.ސީގެ ފޭސްބުކް ޕޭޖުގައި ބުނެފައިވެއެވެ.   މިކަމަށް އެހީތެރިވެދެއްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން: ޢައްޒާ 7770000026261 ސީރިޔާ 7770000026263 އެކައުންޓް ނަން: އެހީ ޖަމުޢިއްޔާ އަށް ރުފިޔާ ފޮނުއްވުމަށް އެ ފަރާތުން އެދިލައްވައެވެ. މި ދެ އެކައުންޓަކީވެސް ބީ.އެމް.އެލް އިސްލާމިކްގެ އެކައުންޓްތަކެކެވެ.
އައި.އޭ.ސީން މިކަމާއި ގުޅިގެންކޮށްފައިވާ ފޭސްބުކް ޕޯސްޓް | ފޮޓޯ: އައި.އޭ.ސީ ފޭސްބުކް ޕޭޖް
މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ބޭޏުންވާ ފަރާތްތަކުން އައި.އޭ.ސީގެ ފޭސްބުކް ޕޭޖަށް މެސެޖް ކުރެއްވުމަށް ނުވަތަ އެ ފަރާތުގެ ހޮޓްލައިން 9122121 އަށް ގުޅުއްވުމަށް އައި.އޭ.ސީން އެދިލައްވައެވެ.   އިންޓާނޭޝަނަލް އެއިޑް ކެމްޕެއިނުން ކުރިއަށް ގެންދާ މިފަދަ ހަރަކާތްތަކަށް ދިވެހިންގެ ފަރާތުން ވަރަށް ފުރިހަމަ އެއްބާރުލުމެއް ލިބެމުން އަންނަކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...