އެކުވެރި ކުލަބުގެ 13 ވަނަ މަދަހަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި.
އަލްމަރްހޫމް ޢީސާ އަލިފުޅުގެ ހަނދާނުގައި އެކުވެރި ކުލަބުން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ އެކުލަބުގެ 13 ވަނަ މަދަޙަ މުބާރާތް މިއަންނަ ރަމަޟާންމަހުވެސް ބާއްވާނެކަމަށް އެކުލަބުން އިއުލާނުކޮށްފިއެވެ. މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ޢާއްމުންނާއި، ސުކޫލު ދަރިވަރުންނަށް އެފުރުސަތު މިހާރުވަނީ ހުޅުވާލެވިފައެވެ.
މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ތަފްޙީމުލް ޤުރުއާން ކުލާސް (ސީނަރީގެ) އަދި އައިޓީ ސޮލިއުޝަންސް  އިން ލިބެން ހުންނާނެއެވެ. އަދި މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތައް ބައިވެރިވުމަށް އެދޭ ފޯމް ފުރުއްވުމަށްފަހު 30 އެޕްރިލް 2019 ވާ ބުރާސްފަތި ދުވަހުގެ ކުރިން ފޯމް ހުށަހަޅުއްވާނީ ތަފްޙީމުލް ޤުރުއާން ކުލާސް ނުވަތަ އައިޓީ ސޮލިއުޝަންނަށެވެ.
ކޮންމެ އަހަރަކުވެސް ގިނަ ބަޔަކު މި މުބާރާތުގައި ބައިވެރިވަމުން ގެންދާކަން ފާހަގަ ކޮށްލެވެއެވެ.
ކިޔުންތެރިންގެ ހިޔާލް

2019-04-17 08:10:22
އެމީހާ
ތަފްާޙީމުލް ޤުރުއާން ކްލާހެއްނޫން މިހާރު ކިޔަނީ، ދާރުލް ޤުރުއާން
އެންމެ މަގުބޫލު: 7 ދުވަސް

...