އެކުވެރި ކުލަބުގެ 16 ވަނަ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި!
ކޮންމެ އަހަރެއްގެ ރަމަޟާން މަހުގައި އެކުވެރި ކުލަބުން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ އެކުލަބުގެ 16 ވަނަ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އެކުވެރި ކުލަބުން ނެރެފައިވާ އިއުލާނުގައި ބުނެފައިވާ ގޮތުން، މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 2 ގޮތްޕަކަށް ބަހާލެވިގެންނެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮތްޕާ ނުބަލާ ކިޔުމުގެ ގޮތްޕެވެ.
މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް 13 އެޕްރިލް ވާ ހޮނިހިރު ދުވަހުން ފެށިގެން ތަފްޙީމުލް ޤުރުއާން ކުލާސް (ސީނަރީގެ) އަދި އައިޓީ ސޮލިއުޝަން އިން ލިބެން ހުންނާނެއެވެ. އަދި މުބާރާތުގައި ބައިވެރިވުމަށް އެދޭ ޢާއްމުންނާއި، ސުކޫލް ދަރިވަރުން 30 އެޕްރިލް 2019 ވާ ބުރާސްފަތި ދުވަހުގެ ކުރިން ބައިވެރިވުމަށް އެދޭ ފޯމް ނަންގަވައި ފުރުއްވުމަށްފަހު ފޯމް ހުށަހަޅުއްވާނީ ތަފްޙީމުލް ޤުރުއާން ކުލާސް ނުވަތަ އައިޓީ ސޮލިއުޝަނަށެވެ.
  އެކުވެރި ކުލަބުން އިންތިޒާމް ކޮށްގެން ބާއްވާ މި މުބާރާތުގައި ގިނަ ބަޔަކު ބައިވެރިވާކަން ފާހަގަ ކޮށްލެެވެއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...