"ބަލިމަޑުކަމަކީވެސް ﷲ ދެއްވާ ނިޢުމަތެއް"
އަޅުގަނޑުމެންނަކީ ﷲ ސުބުހާނަހޫ ވަތަޢާލާގެ މަތިވެރި ނިޢުމަތެއް ލިބިފައިވާ ބައެކެވެ.    އެމަތިވެރި މިޢުމަތަކީ ބަލިވުމެވެ. ބަލިވުން ނިޢުމަތަކަށްވަނީ ކިހިނެއްކަން އެނގޭހެއްޔެވެ؟ އެއީ ތިބާ ﷲއާއި ކުއްތަންކުރުވާ މަދު ކަންތައްތަކުގެތެރެއިން ކަމެކެވެ. ތިބާ ބަލިވުމަށްފަހު ތިބާއަށް އިތުރުގޮތެއް ނޯވެއެވެ. ޚާއްސަގޮތެއްގައި ޑޮކްޓަރުން އުއްމީދުކަނޑާލާފައިވާ ބަލިމަޑުކަމެއްގައިވާ މީހަކަށް ﷲ ސުބުހާނަހޫ ވަތަޢާލާ ނޫންގޮތެއް ނޯވެއެވެ. އެއީ ﷲ ދެއްވާފައިވާ ކިހާބޮޑު ނިޢުމަތެއްހެއްޔެވެ؟   ތިބާ ﷲ އާއި ކުއްތަންކުރުވާ ކަމަކީ ތިބާގެ ބަލިމަޑުކަންނަމަ އެއީ ކިހާބޮޑު ނިޢުމަތެއް ހެއްޔެވެ؟ ދުނިޔޭގައި އުޅޭއިރު ބައެއް އަޚުންނަކީ އެއްގޮތަކަށްވެސް ނަމާދު ޤާއިމުނުކުރާ މީހުންނެވެ. އެހެންނަމަވެސް އެމީހުން އަތްފައި ހަރަކާތްނުކުރެވޭ ހާލަތަށް ދިޔުމުން އެމީހުން ނަމާދުކުރަން ބޭނުންވެއެވެ. ކޮޅަށްހުރެގެން ނުކުރެވޭވަރުވުމުން އިށީނދެއިނދެގެންވެސްކުރަން ބޭނުންވެއެވެ. ކިހާ މަތިވެރިކަމެއްތޯއެވެ. ކޮޅަށްހުރެ ނަމާދު ނުކުރެވުނު އަޚާވެސް އިށީނދެއިނދެ ނަމާދުކުރެއެވެ. އެހާލަތުގައި ތިބާއަށް ކޮޅަށްނުހުރެވޭފަދަ ބައްޔެއް މެދުވެރިކުރެއްވުމަކީ ކިހާބޮޑު ނިޢުމަތެއްހެއްޔެވެ؟   އެހެންކަމުން ﷲ ސުބުހާނަހޫ ވަތަޢާލާ ތިބާއަށް ބަލިމަޑުކަމެއް ޖައްސަވަނީ ތިބާއަށް އޭގެން ކޮންމެވެސް ފައިދާއެއްކުރާނެތީއެވެ. އެހެންކަމުން ރަސޫލުﷲ (ޞައްލަﷲ ޢަލައިހި ވަސައްލަމް) ޙަދީޘް ކުރައްވާފައިވަނީ، "އަޅަކުދެކެ ﷲ ސުބުހާނަހޫ ވަތަޢާލާ ލޯބިވެވޮޑިގަންނަވާނަމަ އެއަޅަޚު އިމްތިޙާނުކުރައްވައެވެ." ބައެއް އަޚުންނާއި އުޚުތުން ބޮޑޫ ބައްޔަކާ ކުރިމަތިވުމުން ނުވަތަ ދަތިހާލަކަށް ހުށައެޅުމުން މެންދަމުގެ ވަޤުތުގައިވެސް ތެދުވެ ދަމު ނަމާދުކުރެއެވެ.    އެހެންކަމުން ތިބާއަށް ބޮޑުކަމެއްކުރިމަތިވެއްޖެނަމަ ﷲ ގެ ޙަޟްރަތަށް ރުޖޫޢަވެ އެކަލާނގެއަށް ދުޢާ ދަންނަވަންޖެހެއެވެ. ބަލިމަޑުކަމަކީވެސް ނިޢުމަތަކަށްވަނީ މިހެންވެއެވެ. 
ނޯޓް: މުފްތީ މެންކްގެ ދަރުސަކުން ނަގާފައި
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...