އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ބައްދަލުވުމުގައި މީދޫ އަންހެނުންގެ ކޮމިޓީގެ ފަރާތުން ބައިވެރިވެއްޖެ
ރ. އަތޮޅުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިސްވެރިން ރ. އަތޮޅު ކައުންސިލުން ކުރިއަށްގެންދިޔަ ބައްދަލުވުމުގައި މީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ބައިވެރިވެއްޖެއެވެ.   1 ދުވަހުގެ މުއްދަތަށް ރ. އަތޮޅު ކައުންސިލް އިދާރާގައި ކުރިއަށްގެންދިޔަ މި ބައްދަލުވުމުގައި ރ. އަތޮޅުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ވުޖޫދުވެފައިވާ 7 ރަށުންވެސް ބައިވެރިވިކަމަށް މީދޫ ޓައިމްސްއަށް މައުލޫމާތުލިބިފައިވެއެވެ.    މިއަދުގެ ބައްދަލުވުމުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން އެކިއެކި ޕްރޮޖެކްޓްތައް ކުރިއަށްގެންދަން ޕްރޮޕޯސަލް ތައްޔާރުކުރާނެގޮތްބުނެދީ، ނެޝަނަލް އިންސްޓިޓިޔުޓް އޮފް އެޑިޔުކޭޝަންގެ އެހީގައި މިފަދަ ޕްރޮގްރާމްތައް ކުރިއަށްގެންދިޔުމުގައި އެހީތެރިވެދޭނެ ގޮތްތަކެއް ބައިވެރިންނަށް ލިބިގެންދިޔަކަމަށް މީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މީޑިޔާ އޮފިޝަލް ސިޔާމާ ޢަބްދުއްރައްޒާޤު މީދޫ ޓައިމްސްއަށް މައުލޫމާތުދެއްވަމުން ވިދާޅުވިއެވެ.    އެގޮތުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން ކުރިއަށްގެންދާނެ ޕްރޮޖެކްޓެއް ނިންމާ، އެކަމުގެ ޕްރޮޕޯސަލް 1 މެއިގެ ކުރިން އަތޮޅު ކައުންސިލް މެދުވެރިކޮްށް އެން.އައި.އީ އަށް ފޮނުވުމުން އެފަދަ ޕްރޮޖެކްޓްތައް ހިންގުމަށް އެފަރާތުން އެހީތެރިވެދޭނެކަމަށްވެސް މީދޫ ޓައިމްސްއަށް މައުލޫމާތުލިބިފައިވެއެވެ.   ރ. އަތޮޅުގައި އަންހެނުންގެ ތަރައްޤީއަަށް މަސައްކަތްކުރާ ކޮމެޓީ ހަރަކާތްތެރިވާ 7 ރަށަކީ ހުޅުދުއްފާރު، އަނގޮޅިތީމު، ދުވާފަރު، ރަސްމާދޫ، ފައިނު، މީދޫ އަދި މަޑުއްވަރިއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...