ޑޫޒިއަންސް ފައުންޑޭޝަން އިފްތިތާހުކޮށްފި
ނިކަމެތި ހާލުގައި އުޅޭ ކުޑަކުދިންނަށް އެހީތެރިވުމުގެ މަޤްސަދުގައި އުފެއްދި ޑޫޒިއަންސް ފައުންޑޭޝަން ރޭ އިފްތިތާހުކޮށްފިއެވެ.   ރޭ، ރ. އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައި ބޭއްވި ޗެމްޕިޔަންސް ނައިޓުގައި މި ފައުންޑޭޝަން އިފްތިތާހުކޮށްދެއްވީ ރޭގެ ހަފްލާގެ ޝަރަފުވެރި މެހުމާން މީދޫގެ ކުރީގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އަހުމަދު ނަސީމެވެ.   ޑޫޒިއަންސް ފައުންޑޭޝަނާ ގުޅޭގޮތުން މީދޫ ޓައިމްސްއަށް މައުލޫމާތުދެއްވަމުން އާސިފް ރަޝީދު ވިދާޅުވީ ޑޫޒިއަންސް ފައުންޑޭޝަން އުފެއްދުމުގެ މައިގަނޑު މަޤްސަދަކީ ދަތިހާލުގައި އުޅޭ ކުޑަކުދިންނަށް ފައިސާގެގޮތުންނާއި އެނޫންވެސް ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީ އެކުދިންގެ މުސްތަޤުބަލު އުޖާލާކޮށްދިނުންކަމަށެވެ. އެފަދަ ކުދިން މުޖުތަމައުއަށް ނެރެދީ އެކުދިންނަކީވެސް މުޖުތަމައުގައި ބަލައިގަންނަކުދިންތަކަކަށް ހެދުމަކީވެސް މި ފައުންޑޭޝަން އުފެއްދުމުމުގެ އެއް މަޤްސަދުކަމަށް އާސިފް ވިދާޅުވިއެވެ.    މި ފައުންޑޭޝަންގެ މަސައްކަތް ރަސްމީކޮށް ފެށުމާއެކު ފައުންޑޭޝަނުގެ ފަރާތުން ބޭނުންކޮށްފައިހުން އަންނައުނުފަދަ ތަކެއްޗާއި ފައިސާގެ އެހީތެރިކަންދެވޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވާނެކަމަށް އާސިފް ވިދާޅުވިއެވެ.    މިއީ މިފަދަ ކުލަބަކުން ރ. މީދޫގައި އިފްތިތާހުކުރި މިފަދަ ފުރަތަމަ ފައުންޑޭޝަންކަން ފާހަގަކޮށްލެވެއެވެ. 
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...