ރ. މީދޫގެ 8 ބޭފުޅަކު ގްރެޖުއޭޓް ވެއްޖެ!


 11 އޭޕްރީލް 2019 ވީ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) ގެ ދަސްވެނިވުމުގެ ރަސްމިޔާތުގައި، ރ. މީދޫ އަށް ނިސްބަތްވާ 7 ބޭފުޅަކު ގްރެޖުއޭޓް ވެއްޖެއެވެ.
މީގެ ތެރެއިން މާސްޓަސް އޮފް އެޑިޔުކޭޝަން ފުރިހަމަ ކުރި 4 ބޭފުޅުންނަކީ، ހުސައިން ޒަރީރް (ކުކުންގެ/ރ.މީދޫ)، އަޙްމަދު ސައީދް (އިތާ/ރ.މީދޫ)، އިބްރާހިމް ރަޝީދް (މާލަން/ރ.މީދޫ)، އަދި އަބްދުލް ޢަޒީޒް (ފެންފިޔާޒުގެ/ރ.މީދޫ)އެވެ. އަދި، އަހްމަދު ރަޝީދު (ފިނިފެންމާގެ/ރ.މީދޫ) ވަނީ މާސްޓަސް އޮފް އެޑިއުކޭޝަން އިން ދިވެހި ލެންގުވެޖް އިން ސެޓްފިކެޓް ހާސިލްކޮށްފައެވެ. ހަމަ މި ހަފްލާގައި، ނޫރާ އަފީފް (ބަހާރުގެ، ރ.މީދޫ)، އަދި މާލިކް އަބްދުލް ޢަފޫރް (ދޫރެސް، ރ. މީދޫ) ވަނީ ބެޗެލާރސް ޑިގްރީ ހާސިލްކޮށްފައެވެ. ނޫރާ އަފީފް ޑިގްރީ ހާސިލްކޮށްފައިވަނީ ބެޗްލަރ އޮފް އެކައުންޓިންގ އެންޑް ފައިނޭންސް އިންނެވެ. އަދި މާލިކް އަބްދުލް ޢަފޫރް ޑިގްރީ ހާސިލް ކޮއްފައިވަނީ ބެޗެލަރ އޮފް ބިޒްނަސްއިންނެވެ.މީގެ އިތުރުން، 09 އޭޕްރީލް 2019 ވީ އަންގާރަ ދުވަހުގެ ރޭ އިސްލާމިކް ޔުނިވަރސިޓީ (އައި.ޔޫ.އެމް) ގައި ބޭއްވުން ދަސްވެނިވުމުގެ ރަސްމިޔާތުގައި، އިބްރާހިމް ރަޝީދު (ސައިބޯނިގެ/ރ.މީދޫ) ވަނީ މާސްޓަސް އޮފް އެޑިޔުކޭޝަން ހާސިލްކޮށްފައެވެ. ފާއިތުވެދިޔަ އަހަރުގެ ސެޕްޓެމްބަރ މަހު ބޭއްވުނު ގްރެޖުއޭޝަންގައި ވެސް ރ.އަތޮޅު ތައުލީމީ މަރުކަޒުން 13 ޓީޗަރުން މާސްޓަސް ފުރިހަމަ ކޮއްފައިވާކަން ފާހަގަ ކޮއްލެވެއެވެ.
އެހެންކަމުން މިފަހަރު މާސްޓަސް ހާސިލްކުރި ޓީޗަރުންނާއިއެކު ރ.އަތޮޅު ތަޢުލީމީ މަރުކަޒަކީ މާސްޓަސް ގިނަ އެއް ސްކޫލަށް ވެގެން ދާނެކަން ފާހަގަ ކޮއްލެވެއެވެ.
ގްރެޖުއޭޓްވި ހުރިހާ ބޭފުޅުންނަށް ވެސް މީދޫ ޓައިމްސްގެ ފަރާތުން މަރުހަބާ ކިޔަމެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...