ހަވާސް އަދި ޑޫޒިއަންސްއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް 'ޗެމްޕިޔަންސް ނައިޓް' ބާއްވަނީ!
ރ. މީދޫގައި އެންމެ ފަހުން ބޭއްވި ފިރިހެން ދެ ފުޓްސަލް މުބާރާތް ކާމިޔާބުކުރި ހަވާސް ސްޕޯޓްސް ކްލަބާއި ޑޫޒިއަންސްއަށް ލިބުނު ކާމިޔާބ ފާހަގަކުރުމަށް 'ޗެމްޕިއަންސް ނައިޓް'ގެ ނަމުގައި ހަފްލާއެއް ބާއްވަން ނިންމައިފިއެވެ.   ހަވާސް ސްޕޯޓްސް ކުލަބުގެ ފަރާތުން މީދޫ ޓައިމްސްއަށް މައުލޫމާތުދެމުން ހަވާސްގެ ލީޑަރ ނާޖިހު އަހުމަދު ބުނީ މީދޫގެ ހުރިހާ ރައްޔިތުންނަށް ބާއްވާ މި ހަފްލާ އޮންނާނީ މާދަމާ ރޭ 8:30ގައި ރ. އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައިކަމަށެވެ. ނާޖިހު އިތުރަށް ބުނީ މި ހަފްލާގައި މި ދެޓީމުގެ ފަރާތުންދޭ ސަޕްރައިޒްތަކެއް ފެނިގެންދާނެކަމަށެވެ.    ހަވާސް ސްޕޯޓްސް ކުލަބުންވަނީ މިދިޔަ މަހު ބޭއްވި ޔޫތު ކަޕް 2019 ގެ ޗެމްޕިޔަންކަން އެއްވެސް މެޗަކުން ބަލިނުވެ ހޯދާފައެވެ. ހަވާސް ޗެމްޕިޔަންކަން ހޯދީ ގާގަނޑު އެފްސީ އާ ވާދަކޮށެވެ. ޑޫޒިއަންސް އިންވަނީ މިދިޔަ މަހގެ ފަހުކޮޅު ބޭއްވި ޔޫތު ރިކްރިއޭޝަން ކަޕްގެ ޗެމްޕިޔަންކަން ހޯދާފައެވެ. ޑޫޒިއަންސް ޗެމްޕިޔަންކަން ހޯދީ ރ. މަޑުއްވަރީގައި ފެލްކަންގެ މައްޗަށް ކުރި ހޯދައިގެންނެވެ.    މާދަމާ ރޭ އޮންނަ މި ހަފްލާއަށް މީދޫގެ ލޮބުވެތި ރައްޔިތުންނަށް ދައުވަތު އަރުވާކަމަށް ނާޖިހު މައުލޫމާތުދިނެވެ. 
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...