އިނގުރައިދޫގައި ސްލިޕްވޭއެއް އަޅައިދޭނެ ފަރާތެއް ހޯދަނީ
މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫގައި ސްލިޕްވޭއެއް އަޅައިދޭނެ ފަރާތެއް ހޯދަން އިނގުރައިދޫ ކައުންސިލުން އިއުލާނުކޮށްފިއެވެ.    މިއިއުލާނާގުޅޭގޮތުން މީދޫ ޓައިމްސްއަށް މައުލޫމާތުދެއްވަމުން އިނގުރައިދޫ ކަައުންސިލުގެ އިންފޮމޭޝަން އޮފިސަރު ސަމީހާ އިސްމާއީލް ވިދާޅުވީ އިނގުރައިދޫގައި ސްލިޕްވޭއެއް އެޅުމަށް ނިންމީ އެކައުންސިލްގެ  މެމްބަރުންގެ އަޣުލަބިއްޔަތުންކަމަށާއި ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ  ރަށުގެ އިރުމަތިކޮޅުން ވެލި އަޅާފައިވާ ސަރަހައްދުންކަމަށެވެ.    އިނގުރައިދޫ ކައުންސިލުން މައުލޫމާތުދޭގޮތުގައި 100000 އަކަފޫޓުގެ ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ އަމިއްލަ ތަކެތީގައިސްލިޕްވޭ އަޅައިދޭ ފަރާތަކަށްކަމަށެވެ. އަދި މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 30 އޭޕްރީލް 2019 ވާ އަންގާރަދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ސިޓީއަކުން އެކަން އިނގުރައިދޫ ކައުންސިލަށް އެންގުމަށްވެސް އިނގުރައިދޫ ކައުންސިލުން އެދިލައްވައެވެ. 
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...