ދެކުނު އޭޝިއާގައި ބޭއްވުނު ފުރަތަމަ ބްލެންޑެޑް ބެޑްމިންޓަން ކޯސް ރ. އަތޮޅު ތައުލީމީ މަރުކަޒުގައި ބާއްވައިފި
ދެކުނު އޭޝިޔާގައި ކުރިއަށްގެންދިޔަ އެންމެ ފުރަތަމަ ބްލެންޑެޑް ޝަޓްލް ޓައިމް ކޯސް ރ. އަތޮޅު ތައުލީމީ މަރުކަޒުގައި ކުރިއަށްގެންގޮސްފިއެވެ.    މިމަހުގެ 8 ން ފެށިގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މިކޯހުގައި ކިޔަވައިދެއްވީ ދުނިޔޭގެ ބެޑްމިންޓަން އެސޯސިއޭޝަނުގެ ޓިޔުޓަރއެއްކަމަށްވާ އަހުމަދު އިޔާދެވެ. ޓީޗަރުންނަށާއި ދަރިވަރުންނަށް ވަކިން ގެންދިޔަ މި ކޯހުގެ އޮންލައިން މޮޑިޔުލްތައް 37 ބައިވެރިން ފުރިހަމަކުރިއިރު 28 ބައިވެރިން ކޯސް އެއްކޮށް ފުރިހަމަކުރިކަމަށް ރ. އަތޮޅު ތައުލީމީ މަރުކަޒުން މައުލޫމާތުދެއްވައެވެ. 

މި ކޯސް  ކުރިއަށްގެންދިޔުމުގައި މީދޫގެ  އެކުވެރި ކުލަބާއި މީދޫ ޖަމްޢިއްޔަތުއްޞަލާހުގެ  ފަރާތުން  ވެދެއްވި  އެހީތެރިކަމަށް  ރ. އަތޮޅު ތައުލީމީ މަރުކަޒުގެ ފަރާތުން ޝުކުރު އަދާކުރައްވައެވެ.
  މިކޯހުގައި ބެޑްމިންޓަން އަލަށް ފަށާ ދަރިވަރުންނަށް އުނގަންނައިދިނުމުގައި ބޭނުންކުރާނެ އުކުޅުތައްވެސް ދަރިވަރުންނަށް ކިޔަވައިދިނެވެ. ބެޑްމިންޓަން އެސޯސިއޭޝަނުން އެންމެ ފުރަތަމަ އަތޮޅުތެރޭގައި ކުރިއަށްގެންދިޔަ ކޯޗިންގ ކޭމްޕްވެސް ކުރިއަށްގެންގޮސްފައިވަނީ ރ. އަތޮޅު ތައުލީމީ މަރުކަޒުގައެވެ. 
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...