އަލުން ވޯޓު ގުނުމުންވެސް ހޮވުނީ އާދަމް ޝަރީފް
މިދިޔަ ހޮނިހިރު ދުވަހު ބޭއްވުނު އާންމު އިންތިހާބުގައި މަޑުއްވަރީ ދާއިރާގެ ރައްޔިތުން ވޯޓުލީ 97 ފޮށީގެ ތެރެއިން 4 ފޮށްޓެއްގެ ބާތިލު ވޯޓު މިއަދު އަލުން ގުނުމުން ކުރިންވެސް މި އިންތިހާބުން ކުރި ހޯއްދެވީ ޕީއެންސީގެ ކެންޑިޑޭޓު އާދަމް ޝަރީފަށް އަނެއްކާވެސް ވޯޓުތަކެއް އިތުރުވެއްޖެއެވެ.    މަޑުއްވަރީ ދާއިރާގެ ވޯޓުތައް މިދިޔަ އާދިއްތަ ދުވަހު ގުނާ ނިމުނު އިރު އާދަމް ޝަރީފް ކުރީގައި އުޅުނީ 17 ވޯޓުގެ ތަފާތުންނެވެ. އާދަމް ޝަރީފަށް 868 ވޯޓު ލިބުނުއިރު އޭނާ އާ އެންމެ ކައިރިން ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓު އާދަމް ޝިހާމަށް ލިބުނީ 851 ވޯޓެވެ. މިއަދު އިލެކްޝަންސް ކޮމިޝަނުގައި ބާތިލު ވޯޓުތައް އަލުން ގުނިއިރު އާދަމް ޝަރީފަށްވަނީ 9 ވޯޓު އިތުރުވެފައެވެ. އަދި އާދަމް ޝިހާމަށް އެއްވެސް ވޯޓެއް އިތުރުވެފައެއް ނުވެއެވެ. އެހެންކަމުން މަޑުއްވަރީ ދާއިރާގެ ގޮނޑި މިވަނީ އާދަމް ޝަރީފަށް ކަށަވަރުވެފައެވެ.    ވޯޓު ބާތިލުވާގޮތް އިލެކްޝަންސް ކޮމިޝަނުން މިފަހަރު ތަފާތުކޮށްފައިވާތީ ގިނަ އަދަދެއްގެ ވޯޓު މިފަހަރުގެ އިންތިހާބުގައި ބާތިލުވެފައިވާކަން ފާހަގަކޮށްލެވެއެވެ. 
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...