މަޑުއްވަރީ ދާއިރާގެ 4 ވޯޓު ފޮށްޓެއް އަލުން ގުނަން އިލެކްޝަންސް ކޮމިޝަނަނުން ނިންމައިފި
މަޑުއްވަރީ ދާއިރާގެ 4 ވޯޓު ފޮށްޓެއް އަލުން ގުނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ. އިލެކްޝަންސް ކޮމިޝަނުންކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ މިގޮތަށް ނިންމީ ހުށައެޅިފައިވާ ޝަކުވާތަކެއްގެ ސަބަބުންކަމަށެވެ. 

އަލުން ގުނުމަށް ހަމަޖެހިފައިވަނީ މީދޫގައި ބެހެއްޓުނު ދެ ވޯޓު ފޮށްޓާއި މަޑުއްވަރީގައި ބެހެއްޓުނު ދެ ވޯޓު ފޮށްޓެވެ. ހޮނިހިރު ދުވަހު ބޭއްވުނު މަޖިލިސް އިންތިހާބުގައި މަޑުއްވަރީ ދާއިރާގެ ގޮނޑި 17 ވޯޓުގެ ތަފާތުން ކާމިޔާބުކުރީ ޕީ.އެން.ސީގެ ކެންޑިޑޭޓު އާދަމް ޝަރީފްއެވެ.   
   
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...