ސިޔާސީ މަޝްރަހުގައި އަދިވެސް އަޅުގަނޑު ދެމިހުންނާނަން - މެމްބަރު އަމީތު
އަބަދުވެސް ޤަބޫލުކުރަނީ ސިޔާސީ މަސައްކަތަކީ މެރަތަން އެއްކަމަށް ކަމަށާއި ކިތަންމެ ދުރަށް ދުވަންޖެހުނުކަމުގައިވިޔަސް ސިޔާސީ ރޭހުގައި ދެމިހުންނާނެކަމަށް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މަޑުއްވަރީ ދާއިރާއަށް ވާދަކުރައްވާ ނާކާމިޔާބުވެވަޑައިގެންނެވި މިހާރުވެސް މަޑުއްވަރީ ދާއިރާގެ މެމްބަރުކަން ކުރައްވާ މުހައްމަދު އަމީތު ވިދާޅުވެއްޖެއެވެ.    އަމީތު އިތުރަށް ވިދާޅުވީ އަބަދުވެސް ޤަބޫލުކުރަނީ ތަރައްޤީއަކީ ވިސްނުންތެރިކަމާއި، ކެތްތެރިކަމާއެކު ގުޅގެންކުރެވޭ މަސައްކަތެއްގެ ނަތީޖާއެއްކަމަށެވެ. އަދި ފާއިތުވި 5 އަހަރު މީދޫ އަދި މަޑުއްވަރީގެ ރައްޔިތުންގެ ހާލަތު ބަދަލުކޮށް ދާއިރާއަށް ތަރައްޤީ ގެނައުމަށްޓަކައި ކުރެވުނު ބުރަ މަސައްކަތުގައި އަމަނިކުފާނަށް އެހީތެރިވެދެއްވި ދާއިރާގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް އިޚުލާސްތެރިކަމާއެކު ޝުކުރު ދަންނަވާކަމަށްވެސް އަމީތު ވިދާޅުވިއެވެ. 
މީގެއިތުރުން ދައުރުގެ ފުރަތަމަ 3 އަހަރަށްފަހު ދާއިރާގެ ރައްޔިތުންގެ ހައްޤުތައް އޭރުގެ ސަރުކާރުން ނިގުޅައިގަތުމުން ދާއިރާގެ ރައްޔިތުންގެ އަޑު އަލުން މަޖިލީހުގައި އިއްވުމަށްޓަކައި މަގުމަތިންނާއި ޖަލުގެ ކުޑަގޮޅިންނާއި އަދި އެނޫން ގޮްތްގޮތުންވެސް ކުރެވިގެންދިޔަ ބުރަ މަސައްކަތުގައިވެސް އެމަނިކުފާނަށް އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށްވެ އިޚުލާސްތެރިކަމާއެކު އަމީތު ޝުކުރު އަދާކުރެއްވިއެވެ. 
އެމަނިކުފާނު އުއްމީދުކުރައްވަނީ ނިމިދިޔަ 5 އަހަރެކޭ އެއްގޮތަށް ކުރިއަށް މިއޮތް 5 އަހަރަކީވެސް މަޑުއްވަރީ ދާއިރާގެ ނަން ރައްޔިތުންގެ މަޖިލީހުގައި ގުގުމަމުންދާނެ 5 އަހަރުކަމުގައިވުންކަމަށްވެސް މެމްބަރު އަމީތު ވިދާޅުވިއެވެ. 
މިދިޔަ ހިނިހިރު ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މެމްބަރު އަމީތުގެ މައްޗަށް ކުރި ހޯއްދެވީ ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފެވެ. އަމީތަށް ލިބުނީ އެމްޑީޕީގެ ކެންޑިޑޭޓު އާދަމް ޝިހާމްގެ ފަހަތުން 3 ވަނަ އެވެ.      
ކިޔުންތެރިންގެ ހިޔާލް

2019-04-11 03:31:22
ސަލްމާ
ގައްދޫ ޙަސަންކަލޯއާއި އަމީތާއި މީ އާއިލީ ގުޅުމެއް އޮތް ދެމީހުންބާވައެވެ. އެއީ ގައްދޫ ކުޑޭ މާ އަރިސްކޮށް ގެންގުޅުނީމާ މި ސުވާލު އެފެދުނީއެވެ. ސިޔާސީ މަސްރަހުގައި ގައްދޫ ކޮޅުގައި ހަރަކާތްތެރި ވިޔަސް މަމެންނަށް ވަރިހަމައެވެ.
އެންމެ މަގުބޫލު: 7 ދުވަސް

...