ރ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ރ. އަތޮޅު ކައުންސިލުން ފުޓްސަލް މުބާރާތެއް ބާއްވަން ނިންމައިފިއެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު އަތޮޅު ކައުންސިލުން ހުޅުވާލާފައިވާއިރު، މުބާރާތް ފެށުމަށް ހަމަޖައްސާފައިވަނީ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހުއެވެ.

މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ސެޕްޓެމްބަރު މަހުގެ24 ވަނަ ދުވަހާއި ހަމައަށެވެ. މިއީ ރ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން އަތޮޅު ކައުންސިލުން މިފަދަ މުބާރާތެއް ބާއްވާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

މި މުބާރާތާއި ބެހޭ މާ ގިނަ ތަފްސީލެއް އަތޮޅު ކައުންސިލުން އަދި އާއްމުކޮށްފައެއް ނުވެއެވެ.