މަގު ޗާޓެއް އެކުލަވާލައިގެން ސަރުކާރާއި ގުޅިގެން މަސައްކަތްކުރާނެކަމަށް އާދަމް ޝަރީފް ވިދާޅުވެއްޖެ
ހޮނިހިރު ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި މަޑުއްވަރީ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި ޕީ.އެން.ސީގެ ކެންޑިޑޭޓު އާދަމް ޝަރީފް ދާއިރާއަށް ބޭނުންވާ ތަރައްޤީ ހޯދައިދިނުމުގައި މަގު ޗާޓެއް އެކުލަވާލައިގެން ސަރުކާރާއި ގުޅިގެން މަސައްކަތް ކުރާނެކަމަށް ވިދާޅުވެއްޖެއެވެ.   އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު 'އެމް.ޓީ' އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އާދަމް ޝަރީފް ވިދާޅުވީ، ރައްޔިތުންގެ ހައްޤުގައި ވަކާލާތުކުރައްވާނެކަމަށާއި ކުލައަކަށް ބެލުމެއް ނެތި ރައްޔިތުންނަށް ދެމި ހުންނަވާނެކަމަށެވެ. މަގު ޗާޓެއް ހަދައިގެން މަސައްކަތް ކުރުމަކީ އާދަމް ޝަރީފް ކެމްޕެއިންގައިވެސް ފާހަގަކުރެއްވިކަމެކެވެ.   އިތުރަށް ވާހަކަދައްކަވަމުން ހަނި ތަފާތަކުން އިންތިހާބު ކާމިޔާބުކުރެއްވި އާދަމް ޝަރީފް ވިދާޅުވީ، އިސްލާމް ދީނާއި ރާއްޖޭގެ މިނިވަންކަމަށްޓަކައި ވާންޖެހުނު ކޮންމެ ޤުރުބާނީއެއް ވާނެކަމަށާއި ލާދީނީ ފިކުރު ފެތުރުމާއި ދެކޮޅަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރަން ތައްޔާރަށް ހުންނެވިކަމަށެވެ.   4 ކެންޑިޑޭޓުންނާއި ވާދަކުރައްވާ އާދަމް ޝަރީފް އިންތިހާބު ކުރެއްވީ ދެވަނަ އަށް އާދަމް ޝަރީފާއި ވާދަކުރެއްވި އެމް.ޑީ.ޕީގެ ކެންޑިޑޭޓު އާދަމް ޝިހާމްގެ މައްޗަށް 17 ވޯޓުގެ ތަފާތަކުން ކުރި ހޯއްދަވައިގެންނެވެ. އާދަމް ޝަރީފްއަށް 868 ވޯޓު ލިބިލެއްވިއިރު އާދަމް ޝިހާމްއަށް ލިބިލެއްވީ 851 ވޯޓެވެ.
ކިޔުންތެރިންގެ ހިޔާލް

2019-04-08 17:52:12
Kaiydha
Abadhu bunee tharahgee eh beynumeiy noonoa mi5aharakueh
އެންމެ މަގުބޫލު: 7 ދުވަސް

...