މީދޫ ކައުންސިލް ފުޓްސަލް ފިއެސްޓާގައި އަށް ޓީމަކުން ބައިވެރިވެއްޖެއެވެ.
މީދޫގެ ޒުވާނުންގެ މެދުގައި ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ މުބާރާތުގައި މިފަހަރު ބައިވެރިވެފައިވާ ޓީމުތަކަކީ ހަވާސް ސްޕޯޓްސް ކުލަބު، ތަންގަނޑު އެފް.ސީ، ޒެފްރޯސް އެފް.ސީ، ގޯޅިގަނޑު އެފް.ސީ، ގޮއްރާޅު، ގާގަނޑު އެފް.ސީ، ލިންކޭޖް ބްރަދާޒްގެ އިތުރުން އެފް.ސީ ޔުނައިޓެޑްއެވެ.
މުބާރާތުގެ ގުރުއަތުލުން މިރޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގެ މިދިޔަ އަހަރުގެ ޗެމްޕިއަންކަން ހޯދީ ހަވާސް ސްޕޯޓްސް ކުލަބުންނެވެ.