މަޑުއްވަރީގައި ޒުވާނަކު ދަންޖެހިގެން މަރުވެއްޖެ
ރ. މަޑުއްވަރީގައި 28 އަހަރުގެ ޒުވާނަކު ދަންޖެހިގެން މަރުވެއްޖެއެވެ. ދަންޖެހިގެން މަރުވެފައިވަނީ ހުސައިން  ނާއިފްއެވެ.   މީދޫ ޓައިމްސްއަށް މައުލޫމާތު ލިބިފައިވާގޮތުގައި މަރުވެފައިވަނީ އުމުރުން 28 އަހަރުގެ ފިރިހެނެކެވެ. މި ޒުވާނާ ދަންޖެހިފައިވަނީ އޭނާ ދިރިއުޅޭ ކޮޓަރީގެ ފަންކަލުގައި ބެޑްޝީޓެއް އައްސައިގެންކަމަށްވެސް މީދޫ ޓައިމްސްއަށް މައުލޫމާތު ލިބިފައިވެއެވެ. 

މީދޫ ޓައިމްސްއަށް މައުލޫމާތުދެމުން މަޑުއްވަރީ ރައްޔިތަކު ބުނީ އެޒުވާނާ ދަންޖެހިފައިހުއްޓާ ފެނިފައިވަނީ މިރޭ 7:45 ހާއިރު ކަމަށެވެ. އަދި އެޒުވާނާ މިއަދު ހަވީރު 5 ޖެހިއުރުވެސް ރަށުތެރެއިން ފެނިފައިވާކަމަށާއި އަދި   އެއްވެސް ބައްޔެއް ހުންނަކަން ފާހަގަކުރެވިފައިނުވާކަމަށްވެސް އޭނާ މައުލޫމާތުދިނެވެ. 

ފުލުހުން މިހާރު އެގޭތެރޭގައި ހަރަކާތްތެރިވަމުން އަންނަކަމަށްވެސް މީދޫ ޓައިމްސްއަށް މައުލޫމާތުލިބިފައިވެއެވެ. މި ޒުވާނާ ފެނުނުއިރު ދަންޖެހުނުތާ ގަޑިއިރެއްހާއިރުވެފައިވާނެކަމަށްވެސް މީދޫ ޓައިމްސްއަށް މައުލޫމާތުދެމުން އެރަށުގެ ރައްޔިތަކު ބުންޏެވެ. 
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...