މަޑުއްވަރީ ދާއިރާގެ ގޮނޑި އާދަމް ޝަރީފް ކާމިޔާބުކުރެއްވީ 17 ވޯޓުގެ ތަފާތުން
މިދިޔަ ހޮނިހިރު ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ޕީއެންސީގެ ކެންޑިޑޭޓު އާދަމް ޝަރީފު ކާމިޔާބު ކުރެއްވީ 17 ވޯޓުގެ ތަފާތަކުންނެވެ.    މި އިންތިހާބުގައި އާދަމް ޝަރީފަށް 868 ވޯޓު ލިބިލެއްވިއިރު އެބޭފުޅާއާ އެންމެ ކައިރިން ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓޫ އާދަމް ޝިހާމަށް ލިބިލެއްވީ 851 ވޯޓެވެ. މަޑުއްވަރީ ދާއިރާގެ މިހާރުގެ މެމްބަރު މުހައްމަދު އަމީތަށް ލިބިލެއްވީ 489 ވޯޓެވެ. އަދި އަމިއްލަގޮތުން ވާދަކުރެއްވި ހުސައިން ޝިހާމަށް 348 ވޯޓު ލިބިލެއްވިއިރު އެމްޓީޑީގެ ޓިކެޓުގައި ވާދަކުރެއްވި މިހާރުގެ ވެލިދޫ ދާއިރާގެ މެމްބަރު ޔާމީން ރަޝީދަށް ލިބިލެއްވީ 115 ވޯޓެވެ.   މިއިންތިހާބުގައި މަޑުއްވަރީ ދާއިރާގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ 3150 މީހުންގެ ތެރެއިން ވޯޓުލާފައިވަނީ 2736 މީހުންނެވެ. އެއީ 86.9 އިންސައްތަ މީހުންނެވެ. ބާތިލު ވޯޓުގެ ގޮތުގައި ގުނާފައިވަނީ 65 ވޯޓެވެ. މި ނަތީޖާއަށް ދެން ބަދަލެއް އަންނާނެކަމަކަމަށް ނުބެލެވެއެވެ.   
ކިޔުންތެރިންގެ ހިޔާލް

2019-04-08 02:22:01
Sr
Uhmeedheh neh godi libun kamugaaviyas 5 aharu godeegaa idheveyne kamah
2019-04-08 02:22:28
Sr
Uhmeedheh neh godi libun kamugaaviyas 5 aharu godeegaa idheveyne kamah
2019-04-08 03:29:52
އިސާމް
އަލްޙަމްދުލިﷲ، ޝުކުރުހުރީ މާތްﷲ އަށެވެ. އެންމެންގެ ހެޔޮދުޢާ އާއި ކުރި ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެކެވެ. އާދަމް ޝަރީފަކީ މިފަދަ ޒަމާނެއެްގައި މަޖިލީހުގައި ވަކާލާތުު ކުރުމަށް ވަރަށް އެކަށޭނަ ޢިލްމީ ތަޖްރިބާހުރި މުދައްބިރެކެވެ. އެމަނިކުފާނާއެކު ދާއިރާ ކުރިއަރާ ދާނެކަމާމެދަކު ޝައްކެއް ނުކުރަމެވެ.
އެންމެ މަގުބޫލު: 7 ދުވަސް

...