ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މުވައްޒަފުންގެ ފަރާތުން ޢައްޒާގެ ރައްޔިތުންނަށް އެހީތެރިވުމަށްޓަކައި 31،600 ރުފިޔާ ހަދިޔާކޮށްފިއެވެ.
މި ފައިސާ ޢައްޒާ ފަންޑަށް ފޮނުވުމަށް ހަވާލުކޮށްފައިވަނީ ޢައްޒާއަށް އެހީތެރިވުމަށް މީދޫގެ އެކި މުއައްސަސާތަކާއި ކުލަބު ޖަމްޢިއްޔާތައް ގުޅިގެން ހިންގާ ކެމްޕެއިން ލީޑްކުރަމުން އަންނަ އުއްމީދު ޖަމްޢިއްޔާއަށެވެ.
މީދޫގެ އެކި މުއައްސަސާތަކާއި ކުލަބު ޖަމްޢިއްޔާތައް ގުޅިގެން ކުރިއަށްގެންދާ މި ކެމްޕޭނުގެ ތެރެއިން މީދޫގައި ބޮޑު ހިނގާލުމެއް ކުރިއަށް ގެންގޮސްފައިވާއިރު، ހެދިކާ ވިއްކުމުގެ އިވެންޓެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މުވައްޒަފުން ވަނީ މީގެ ކުރިންވެސް މިފަދަ ކަންކަމުގައި ދީލަތި އެހީތެރިކަން ފޯރުކޮށްދީފައިކަން ފާހަގަކޮށްލެވެއެވެ.