މަޖިލިސް އިންތިޙާބުގެ ލައިވް ކަވަރޭޖް މާދަމާ ހެނދުނު މީދޫ ޓައިމްސްއިން ފަށާނެ
މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ލައިވް ކަވަރޭޖް ގެނެސްދިނުމަށްޓަކައި މީދޫ ޓައިމްސް އިން ތައްޔާރުވެއްޖެއެވެ.   މާދަމާ ހެނދުނު ވޯޓުލުން ފެށޭ ހިސާބުން ފެށިގެން ވޯޓާއި ގުޅޭ އެންމެހާ ކަންތައްތަކުގެ އެންމެ ފަހުގެ ތާޒާ ހަބަރާއި ފޮޓޯ މީދޫ ޓައިމްސްގެ ކިޔުންތެރިންނާއި ހަމައަށް ގެނެސްދިނުމަށްޓަކައި މީދޫގައި ބެހެއްޓޭ ދެ ވޯޓު ފޮށީގެ އިތުރުން މާލޭގައި ބެހެއްޓޭ މި ދާއިރާގެ ރައްޔިތުން ވޯޓުލާ ވޯޓު ފޮށި ދޮށުގައިވެސް 'އެމް.ޓީ'ގެ މޮނިޓަރުން ހަރަކާތްތެރިވާނެއެވެ.   މީގެ އިތުރުން މަޑުއްވަރީގެ ވޯޓު ފޮށީގެ އެންމެ ފަހުގެ އަޕްޑޭޓުތައްވެސް މީދޫ ޓައިމްސް މެދުވެރިކޮށް ކިޔުންތެރިންނާއި ހަމައަށް ގެނެސްދިނުމަށްވަނީ ހަމަޖެހިފައެވެ.   މީދޫ ޓައިމްސްއިންވަނީ މިދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި ރިޔާސީ އިންތިހާބުގެ ލައިވް ކަވަރޭޖުވެސް ގެނެސްދިފައެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...