ރ. މީދޫގެ މުއައްސަސާތަކުގެ މެދުގައި ކުރިއަށްދިޔަ ނެޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޓީމުން ހޯދައިފިއެވެ.

މުބާރާތުގެ ޗެމްޕިއަންކަން ކުލަބު ރ. އޭއީސީން ހޯދީ މިއަދު ހަވީރު ކުޅުނު ފައިނަލް މެޗުގައި ރަސްކަނބާ ޓީމު ފަސޭހަކަމާއެކު ބަލިކޮށްގެންނެވެ. ފައިނަލް މެޗު ކުލަބު ރ. އޭއީސީން ކާމިޔާބުކުރީ 23-6 އިންނެވެ. މުބާރާތުގައި ކުޅުނު ތިން މެޗުވެސް ކުލަބު ރ. އޭއީސީން ވަނީ ފަސޭހަކަމާއެކު ކާމިޔާބުކޮށްފައެވެ.

މިއަހަރުގެ އިންޓަރ އޮފީސް މުބާރާތްތައް އިންތިޒާމްކޮށްފައިވަނީ ކުލަބު ރ. އޭއީސީންނެވެ.