ޔޫތް ރިކްރިއޭޝަން ކަޕް 2019 : މުބާރާތުގެ ޗެމްޕިއަންކަން އެފްސީ ޑޫޒިއަންސް ހޯދައިފި!
މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން އެފްސީ ޑޫޒިއަންސް ހޯދައިފިއެވެ.   މަޑުއްވަރީ ފުޓްސަލް ދަނޑުގައި އިއްޔެ ހަވީރު ކުޅެވުނު މި މެޗް ޑޫޒިއަންސް ކާމިޔާބުކުރީ ފެލްކަން އާއި ވާދަކޮށް 3 – 2 ގެ ނަތީޖާއަކުން ފެލްކަން ބަލިކުރުމަށްފަހުއެވެ. މި މެޗުގައި ޑޫޒިއަންސްއަށް ލަނޑުތައް ކާމިޔާބުކޮށްދިނީ އަޙުމަދު އާސިފް، ހާޝިމް ޝަފީއު އަދި އަބުދުލް މުހައިމިނެވެ. މި މެޗުގެ މޮޅު ކުޅުނތެރިޔަކަށް ހޮވުނީ އެފްސީ ޑޫޒިއަންސްގެ އަޙްމަދު އާސިފެވެ.   މި މުބާރާތުގެ އަންހެން ޑިވިޝަނުގެ މެޗްތައް ކުޅުނީ މީދޫގައެވެ. އަދި ފިރިހެން ޑިވިޝަނުގެ މެޗްތައް ކުޅުނީ މަޑުއްވަރީގައެވެ.
ކިޔުންތެރިންގެ ހިޔާލް

2019-04-03 18:03:31
އަނހާ
މުބާރާތުގެ ވަނަތަކުގެ ވާހަކަ ނެތީމަ ކަމަކުނުދެ އެއްނު؟
އެންމެ މަގުބޫލު: 7 ދުވަސް

...