ޔޫތު ރިކްރިއޭޝަން ކަޕް 2019 : އަންހެން ޑިވިޝަނުގެ ފައިނަލަށް ޒިލީ އެސްސީ އަދި ޑެއިޒީ އެފްސީ!
މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލަށް ޒިލީ އެސްސީ އަދި ޑެއިޒީ އެފްސީ ދަތުރުކޮށްފިއެވެ.   އިއްޔެ ހަވީރު ކުޅެވުނު ފުރަތަމަ ސެމީ ފައިނަލް މެޗްގައި ބައްދަލުކުރީ ޒިލީ އެސްސީ އަދި ޓީމް ޔޫނިއަންއެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗް ނިމުނީ 3 – 3 ގެ ނަތީޖާއަކުން ދެ ޓީމް އެއްވަރުވެގެންނެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ޔޫނިއަންއިން ޖެހި ތިން ޕެނަލްޓީވެސް ވަނީ ޒިލީގެ ކީޕަރު ދީމާ ޔަހުޔާ ހިފަހައްޓާފައެވެ. ޒިލީ އެސްސީގެ ހަމަ އެކަނި ފެނަލްޓީ ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުމެއް ދައްކާ، މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު އަރީޝާ ރިޒާއެވެ.   ދެވަނަ ސެމީ ފައިނަލް މެޗުގައި ބައްދަލުކުރީ ޑެއިޒީ އެސްފީ އަދި ޓީމް ރާޅެވެ. މި މެޗް 3 ލަނޑު 1 ލަނޑުން ކާމިޔާބުކުރީ ޑެއިޒީ އެފްސީއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޑެއިޒީގެ މަރިޔަމް އަލީއެވެ.   މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ 08:30 ގައެވެ. ޒިލީ އެސްސީ އަދި ޑެއިޒީ އެފްސީ ބައްދަލުކުރާ މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މީދޫ ފުޓްސަލް ދަނޑުގައެވެ.   މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ފައިނަލްވެސް މިއަދު ކުޅުމަށްވަނީ ހަމަޖެހިފައެވެ. މިމެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު މަޑުއްވަރީ ފުޓްސަލް ދަނޑުގައެވެ. މ މެޗުގައި ބައްދަލު ކުރާނީ ޑޫޒިއަންސް އަދި ފެލްކަން އެސްސީއެވެ.   މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ މީދޫ ޓައިމްސްއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...