ޔޫތް ރިކްރިއޭޝަން ކަޕް 2019: މުބާރާތުގެ ފައިނަލަށް ޑޫޒިއަންސް އަދި ފެލްކަން!
ޔޫތު ރިކްރިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަނުގެ ފައިނަލަށް ޑޫޒިއަންސް އަދި ފެލްކަން އެސްސީ ދަތުރުކޮށްފިއެވެ.   ސެމީ ފައިނަލް ފުރަތަމަ މެޗުގައި ބައްދަލުކުރީ ޑޫޒިއަންސް އަދި ބީބީ ނިއު ޖެނެރޭޝަނެވެ. މި މެޗް 4 ލަނޑު 2 ލަނޑުން ކާމިޔާބުކުރީ ޑޫޒިއަންސްއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޑޫޒިއަންސްގެ ރިޝްވާން އަޙްމަދެވެ. ދެވަނަ ސެމީ ފައިނަލް މެޗުގައި ބައްދަލުކުރީ ގާގގަނޑު އެފްސީ އަދި ފެލްކަން ސްޕޯޓްސް ކުލަބެވެ. މި މެޗް 6 ލަނޑު 2 ލަނޑުން ކާމިޔާބުކުރީ ފެލްކަންއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފެލްކަންގެ ހުސައިން ހާޒިމްއެވެ.   މި މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ 1 އޭޕްރިލް 2019 ވާ ހޯމަ ދުވަހު ހަވީރު މަޑުއްވަރީ ފުޓްސަލް ދަނޑުގައެވެ.   މި މުބާރާތުގެ އަންހެން ޑިވިޝަނުގެ ސެމީ ފައިނަލް މެޗްތައް މިއަދު ހަވީރު ކުޅޭނެއެވެ. މި މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މީދޫ ފުޓްސަލް ދަނޑުގައެވެ. މި މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ 1 އޭޕްރިލް 2019 ވާ ހޯމަ ދުވަހުގެ ރޭ މީދޫ ފުޓްސަލް ދަނޑުގައެވެ.   މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ މީދޫ ޓައިމްސްއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...