ޔޫތް ރިކްރިއޭޝަން ކަޕް 2019: ގުރޫޕް ބީ އިން ޑެއިޒީ އެފްސީ އަދި ޒިލީ އެސްސީ ސެމީއަށް!
ޔޫތު ރިކްރިއޭޝަން ކަޕްގެ އަންހެން ޑިވިޝަނުގެ ސެމީ ފައިނަލް ކުޅޭނެ ޓީމްތައް ކަށަވަރުވެއްޖެއެވެ.   މިއަދު ހަވީރު މީދޫ ފުޓްސަލް ދަނޑުގައި ކުޅެވުނު ގުރޫޕް ބީ ގެ ފުރަތަމަ މެޗުގައި ބައްދަލު ކުރީ ވައިމަތި ސްޕޯޓްސް އަދި ޑެއިޒީ އެފްސީއެވެ. 6 ލަނޑު 0 ލަނޑުން މި މެޗު ކާމިޔާބުކުރީ ޑެއިޒީ އެފްސީއެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޑެއިޒީގެ ސަހިއްޔާ އަބުދުލް ޢަނީއެވެ. ދެވަނަ މެޗުގައި ބައްދަލުކުރީ ޒިލީ އެސްސީ އަދި އޭއާރުސީ އެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗް 1 – 0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޒިލީ އެސްސީއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޒިލީގެ އަރީޝާ ރިޒާއެވެ.   މި މެޗަށްފަހު ގުރޫޕް ބީގެ އެއްވަނަ އެއްވެސް މެޗަކުން ބަލިނުވެ 9 ޕޮއިންޓާއިއެކު ލިބެނީ ޑެއިޒީ އެފްސީއަށެވެ. އަދި ދެވަނަ 6 ޕޮއިންޓާއިއެކު ލިބެނީ ޒިލީ އެސްސީއަށެވެ.   މުބާރާތުގެ ސެމީ ފައިނަލް މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރެވެ. ސެމީ ފައިނަލް ފުރަތަމަ މެޗުގައި 16:15 ގައި ބައްދަލުކުރާނީ ޓީމް ޔޫނިއަން އަދި ޒިލީ އެސްސީއެވެ. އަދި ދެވަނަ ސެމީ ފައިނަލް މެޗުގައި 17:15 ގައި ބައްދަލުކުރާނީ ޑެއިޒީ އެފްސީ އަދި ޓީމް ރާޅެވެ.   މި މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ސެމީ ފައިނަލް މެޗްތައް މިރޭ ކުޅުމަށްވަނީ ހަމަޖެހިފައެވެ. މި މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ މަޑުއްވަރީގައެވެ.   މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ މީދޫ ޓައިމްސްއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...