ޔޫތު ރިކްރިއޭޝަން ކަޕުގެ ނިންމުމުގެ ރަސްމިއްޔާތު ބަޑިބޭހުގެ ކުޅިވަރުތަކާއިއެކު މީދޫގައި!
މަޑުއްވަރީ ދާއިރާގެ ދެ ރަށަށް ހުޅުވާލައިގެން މިހާރު ކުރިއަށްދާ ޔޫތު ރިކްރިއޭޝަން ކަޕްގެ ނިންމުމުގެ ރަސްމިއްޔާތު ވަރަށް ކުލަގަދަކޮށް ގެންދިޔުމަށް މުބާރާތް ހިންގާ ފަރާތުން ނިންމާ އެކަން އިޢުލާންކޮށްފިއެވެ.   އޭޕްރިލް 1 ވަ ހޯމަ ދުވަހުގެ ރޭ މި ރަސްމިއްޔާތު ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ މީދޫ ފުޓްސަލް ދަނޑުގައެވެ. މުބާރާތް ނިންމުމުގެ މި ރަސްމިއްޔާތުގައި ބަޑިބޭހުގެ ކުޅިވަރުތައް އޮންނާނެވެ. މިއީ މިހާތަނަށް މިފަދަ ހަރަކާތެއް ކުރިއަށްގެންދާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.   މި މުބާރާތުގެ އަންހެން ޑިވިޝަންގެ މެޗުތައް މީދޫގައި ކުޅޭއިރު ފިރިހެން ޑިވިޝަންގެ މެޗުތައް ކުޅެމުންދަނީ މަޑުއްވަރީގައެވެ. މުބާރާތުގެ ފިރިހެން ޑިވިޝަންގެ ސެމީ ފައިނަލް މެޗުތައް މިރޭ ކުޅުމަށްވަނީ ހަމަޖެހިފައެވެ. އަންހެން ޑިވިޝަންގެ ގުރޫޕް ސްޓޭޖު މެޗުތައް މިއަދު ނިމޭނެއެވެ. އަންހެން ޑިވިޝަންގެ ސެމީގެ މެޗުތައް މާދަމާ ކުޅުމަށް ހަމަޖެހިފައިވާއިރު އަންހެން އަދި ފިރިހެން ޑިވިޝަންގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އޭޕްރިލް 1 ވަނަ ދުވަހުއެވެ.   މި މުބާރާތުގައި ފިރިހެން 7 ޓީމު އަދި އަންހެން 8 ޓީމު ބައިވެރިވެފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...