ރ. މީދޫގެ މުއައްސަސާތަކުގެ މެދުގައި ކުރިއަށްދާ އިންޓަރ އޮފީސް ފުޓްސަލް ފިއެސްޓާގެ ފައިނަލަށް ރ. އަތޮޅު ތަޢުލީމީ މަރުކަޒު އަދި ފެނަކަ ދަތުރުކޮށްފިއެވެ.

ފެނަކަ ޓީމު ފައިނަލަށް ދަތުރުކޮށްފައިވަނީ ކުޅުނު އެއްވެސް މެޗަކުން ބަލި ނުވެއެވެ. އެ ޓީމުންވަނީ ރޭ ސިއްޙީ މަރުކަޒު އަދި ކައުންސިލް އެކުވެގެން ހަދާފައިވާ ޓީމާއި ދެކޮޅަށް ކުޅުނު މެޗުގައި 6 ލަނޑު ޖަހާފައެވެ. ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޓީމު ފައިނަލަށް ދަތުރުކުރީ ޕޮލިސް އަދި ޓީމް ސީ.އެޗް.އާރުގެ މައްޗަށް ކުރި ހޯދައިގެންނެވެ. ކްލަބު ރ. އޭއީސީ ބަލިވީ ފެނަކަ އަތުންނެވެ.

މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މާދަމާ ރޭއެވެ. އެކިއަހަރު އެކި މުއައްސަސާތަކުން އިންތިޒާމްކުރާ މި މުބާރާތް މިފަހަރު އިންތިޒާމްކުރަނީ ކްލަބް ރ. އޭއީސީންނެވެ.