ޔޫތް ރިކްރިއޭޝަން ކަޕް 2019 : ޓީމް ޔޫނިއަން އަދި ޓީމް ރާޅު ސެމީއަށް!
ޔޫތް ރިކްރިއޭޝަން ކަޕްގެ އަންހެން ޑިވިޝަންގެ ގުރޫޕް އޭ އިން ސެމީ ފައިނަލަށް ޓީމް ރާޅު އަދި ޓީމް ޔޫނިއަން ދަތުރުކޮށްފިއެވެ.   އިއްޔެ ހަވީރު ކުޅެވުނު ގުރޫޕް އޭގެ ފަހުމެޗު ، ޓީމް ރާޅު އަދި ޓީމް ޔޫނިއަން މެޗް 2 – 2 ގެ ނަތީޖާއިން ވަނީ އެއްވަރު ވެފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޓީމް ޔޫނިއަންގެ ފިރުޝާނާ ނަސީރެވެ. މި މެޗާއިއެކު ތިން މެޗުން ލިބުނު 7 ޕޮއިންޓާއިއެކު ގުރޫޕްގެ އެއްވަނަ ލިބެނީ ޓީމް ޔޫނިއަންއަށެވެ. އަދި ދެވަނަ އަށްދިޔަ ޓީމް ރާޅަށް ލިބިފައިވަނީ 4 ޕޮއިންޓެވެ.   މުބާރާތުގެ ސެމީފައިނަލްގައި މި ދެ ޓީމް ކުޅޭނެ ޓީމެއް އެނގިގެންދާނީ މިއަދު ހަވީރު ގުރޫޕް ބީ ގެ މެޗްތަކަށްފަހުއެވެ. މިއަދު ހަވީރު 16:15ގައި ފުރަތަމަ ބައްދަލުކުރާނީ ވައިމަތި ސްޕޯޓްސް އަދި ޑެއިޒީ އެފްސީއެވެ. އަދި 17:15 ގައި ބައްދަލު ކުރާނީ ޒިލީ އެސްސީ އަދީ ޓީމް އޭއާރުސީ އެވެ.   މި މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ކުޅުން ކުރިޔަށްދަނީ މަޑުއްވަރީގައެވެ. އަދި އަންހެން ޑިވިޝަނުގެ ކުޅުން ކުރިޔަށްދަނީ މީދޫގައެވެ.   މި މުބާރާތުގެ މީޑިއާ ޕަޓްނަރަކީ މީދޫ ޓައިމްސްއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...