ޔޫތު ރިކްރިއޭޝަން ކަޕް 2019: ބީބީ ނިއު ޖެނެރޭޝަންސް އަދި ފެލްކަން ސެމީއަށް!
ފިރިހެން ޑިވިޝަނުގެ ގުރޫޕް އޭ އިން ސެމީ ފައިނަލަށް ފެލްކަން އަދި ބީ ބީ ނިއު ޖެނެރޭޝަންސް ދަތުރުކޮށްފިއެވެ.   އިއްޔެ ހަވީރު މަޑުއްވަރީ ފުޓްސަލް ދަނޑުގައި ކުޅެވުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ފެލްކަން އަދި ޓީމް ބިނާއެވެ. މިމެޗް ބައިކޮޅަށް ގޯލައެއްވަނަ ނުދީ ޓީމް ބީނާގެ ކޮޅަށް 10 ލަނޑު ޖަހައި ކަމިޔާބުކުރީ ފެލްކަން އެސްސީންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފެލްކަންގެ ޖައިލަމް ޒަލީމްއެވެ. ދެވަނަ މެޗުގައި ބައަދަލުކުރީ ލައިކަންސް އަދި ބީބީ ނިއު ޖެނެރޭޝަންސް އެވެ. މި މެޗު ވާދަވެރި ކުޅުމަކަށްފަހު 3 – 1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބީބީ ނިއު ޖެނެރޭޝަންސްއެވެ.   މި މެޗާއިއެކު ފިރިހެން ޑިވިޝަންގެ ގުރޫޕް ސްޓޭޖްގެ ކުޅުން ނިމިފައިވާއިރު، ގުރޫޕް އޭ ގެ އެއްވަނައި ގެ ގޮތުގައި ބީބީ ނިއު ޖެނެރޭޝަންސް އަދި ދެވަނައިގެ ގޮތުގައި ފެލްކަން އެސްސީ ވަނީ ސެމީއަށް ދަތުރުކޮށްފައެވެ. އަދި ގުރޫޕް ބީ އިން އެއްވަނައިގައި ގާގަނޑު އަދި ދެވަނައިގައި ޑޫޒިއަންސްވަނީ ސެމީއަށް ދަތުރުކޮށްފައެވެ.   ސެމީފައިނަލްގައި ބީބީ ނިއު ޖެނެރޭޝަންސް ވާދަ ކުރަންޖެހޭނީ ޑޫޒިއަންސްއާއި އެވެ. އަދި ގާގަނޑު އެފްސީ ވާދަކުރަންޖެހޭނީ ފެލްކަން ސްޕޯޓްސް ކުލަބާއެވެ.   މި މުބާރާތުގެ އަންހެން ޑިވިޝަނުގެ މެޗްތައް ކުޅެމުންދަނީ މިދޫގައެވެ. އަދި ފިރިހެން ޑިވިޝަނުގެ މެޗްތައް ކުޅެމުންދަނީ މަޑުއްވަރީގައެވެ.   މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ މީދޫ ޓައިމްއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...