ޔޫތް ރިކްރިއޭޝަން ކަޕް 2019: އިއްޔެގެ މެޗްތައް ވައިމަތި ސްޕޯޓްސް، ޑެއިޒީ އަދި އަމިގޯސް ކާމިޔާބުކޮށްފި!
އަންހެން ޑިވިޝަނުގައި އިއްޔެ އާއި ރޭ ކުޅެވުނު މެޗްތައް ވައިމަތި ސްޕޯޓްސް، ޑެއިޒީ އަދި އެމިގޯސް ކާމިޔާބުކޮށްފިއެވެ.   އިއްޔެ ހަވީރު ގުރޫޕް ބީ ގެ ފުރަތަމަ މެޗު ވައިމަތި ސްޕޯޓްސް ކާމިޔާބުކުރީ 1 ލަނޑު 0 ލަނޑުން ޓީމް އޭއާރުސީ ބަލިކުރުމަށްފަހުއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވައިމަތި ސްޕޯޓްސްގެ ފާތިމަތު ނުޝްރާއެވެ. ގުރޫފް ބީ ގެ ދެވަނަ މެޗްގައި ރޭ ބައްދަލު ކުރީ ޑެއިޒީ އެފްސީ އަދި ޒިލީ އެސްސީއެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗް ހަނި ތަފާތަކުން ކާމިޔާބުކުރީ ޑެއިޒީ އެފްސީއެވެ. މި މެޗް ޑެއިޒީ އެފްސީ ކާމިޔާބުކުރީ 4 – 3 ގެ ނަތީޖާއަކުން ޒިލީ އެށޤސީ ބަލިކުރުމަށްފަހުއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޑެއިޒީ އެފްސީގެ ރީމާ މުޙައްމަދެވެ. ރޭގެ ފަހު މެޗުގައި ގުރޫޕް އޭ ގައި ބައްދަލުކުރީ އަމިގޯސް އަދި ޕަޕިލިއަންއެވެ. މި މެޗް 1 – 0 ގެ ނަތީޖާއިން ކާމިޔާބުކުރީ އަމިގޯސްއެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަމިގޯސްގެ އީނާސް ރާފިއުއެވެ.   މި މުބާރާތުގެ އަންހެން ޑިވިޝަނުގެ ގުރޫޕް އޭ ގެ ފަހު މެޗްގައި މިއަދު ހަވީރު 17:15 ގައި ޓީމް ރާޅު އަދި ޓީމް ޔޫނިއަން ބައްދަލުކުރާނެއެވެ.   މި މުބާރާތުގެ އަންހެން ޑިވިޝަނުގެ މެޗްތައް ކުޅެމުންދަނީ މިދޫގައެވެ. އަދި ފިރިހެން ޑިވިޝަނުގެ މެޗްތައް ކުޅެމުންދަނީ މަޑުއްވަރީގައެވެ.   މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ މީދޫ ޓައިމްއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...