ރ. އަތޮޅުގެ ރަށްތަކުގެ މެދުގައި ރ. އަތޮޅު ކައުންސިލުން ބާއްވާ ހޭންޑްބޯޅަ މުބާރާތް ފަށައިފިއެވެ.
ރ. އުނގޫފާރުގައި ކުރިއަށްދާ މި މުބާރާތުގައި ޖުމްލަ ހަތަރު ރަށަކުން ބައިވެރިވެފައިވެއެވެ. އެއީ މަޑުއްވަރީ، ހުޅުދުއްފާރު، އިނގުރައިދޫ އަދި އަނގޮޅިތީމެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ބައްދަލުކުރީ މަޑުއްވަރީ އަދި އިނގުރައިދޫއިންނެވެ. މި މެޗު 5-3 އިން ކާމިޔާބުކުރީ އިނގުރައިދޫއިންނެވެ. މުބާރާތުގެ ދެވަނަ މެޗުގައި އަނގޮޅިތީމު އަދި ހުޅުދުއްފާރު ބައްދަލުކުރިއިރު 7-5 އިން މި މެޗު ކާމިޔާބުކުރީ އަނގޮޅިތީމުންނެވެ.
މިއީ ރ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން އަތޮޅު ކައުންސިލުން ބާއްވާ ފުރަތަމަ ހޭންޑްބޯޅަ މުބާރާތްތަކަން ފާހަގަކޮށްލެވެއެވެ.