ރ. މީދޫގެ މުއައްސަސާތަކުގެ މެދުގައި ބޭއްވޭ އިންޓަރ އޮފީސް ފުޓްސަލް އަދި ނެޓްބޯޅަ މުބާރާތް މިއަދު ފަށަން ތައްޔާރުވެއްޖެއެވެ.

މިއަހަރުގެ ފުޓްސަލް މުބާރާތުގައި ހަތަރު ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެއީ ރ. އަތޮޅު ތަޢުލީމީ މަރުކަޒު، ފެނަކަ، މީދޫ ޕޮލިސް އަދި ކައުންސިލާއި ސިއްޙީ މަރުކަޒު ގުޅިގެން ހަދާފައިވާ ޓީމަކުންނެވެ. ނެޓްބޯޅަ މުބާރާތުގައި ބައިވެރިވެފައިވަނީ ރ. އަތޮޅު ތަޢުލީމީ މަރުކަޒު، މީދޫ ސިއްޙީ މަރުކަޒު އަދި ކައުންސިލުންނެވެ.

ނެޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ބައްދަލުކުރާނީ ހާޓް އަދި ރަސްކަނބާއެވެ. ފުޓްސަލް މުބާރާތުގައި ކޮންމެ ރެއަކު ދެމެޗު ކުޅުމަށް ހަމެޖެހިފައިވާއިރު މިރޭގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މީދޫ ޕޮލިސް އަދި ޓީމް ސީއެޗްއާރު އެވެ. އަދި ދެވަނަ މެޗުގައި ބައްދަލުކުރާނީ ކްލަބް ރ. އޭއީސީ އަދި ޓީމް ފެނަކައެވެ.

މި ދެ މުބާރާތުގެ ފައިނަލް މެޗުވެސް ކުޅުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ ހަ ވަނަ ދުވަހުއެވެ. މިއަހަރު މި މުބާރާތްތައް އިންތިޒާމްކުރަނީ ކްލަބް ރ. އޭއީސީގެ ފަރާތުންނެވެ.