ޔޫތު ރިކްރިއޭޝަން ކަޕް 2019 : ޓީމް ރާޅު އަދި ޓީމް ޔޫނިއަންއިން މެޗްތައް ކާމިޔާބުކޮށްފި!
ޔޫތު ރިކްރިއޭޝަން ކަޕްގެ އަންހެން ޑިވިޝަނުގައި އިއްޔެ ހަވީރު ކުޅުނު މެޗްތައް ޓީމް ރާޅު އަދި ޓީމް ޔޫނިއަން ކާމިޔާބުކޮށްފިއެވެ.   ގުރޫޕް އޭގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ޓީމް ރާޅު އަދި އަމިގޯސް އެފްސީ އެވެ. ވާދަވެރި ކުޅުމަކަށްފަހު 3 ލަނޑު 1 ލަނޑުން މި މެޗް ކާމިޔާބުކުރީ ޓީމް ރާޅެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޓީމް ރާޅުގެ މަރިޔަމް އާތިރާއެވެ. ދެވަނަ ޕަޕިލިއަން އާއި ވާދަކޮށް 6 ލަނޑު 0 ގެ ބޮޑު ތަފާތު ބޮޑު ނަތީޖާއަކުން ޓީމް ޔޫނިއަން ވަނީ މެޗް ކާމިޔާބުކޮށްފައެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޔޫނިއަންގެ ފިރުޝާނާ ނަސީރުއެވެ.   އަންހެން ޑިވިޝަންގެ ގުރޫބު ބީ ގެ މެޗުތަކެއް މިއަދުވެސް ކުޅުމަށްވަނީ ހަމަޖެހިފައެވެ. މިއަދު ހަވީރު 17:15 ގައި ޓީމް އޭ.އާރު.ސީ ނިކުންނާނީ ވައިމަތި ސްޕޯޓްސް އާއި ދެކޮޅަށެވެ. އަދި މިރޭ 20:15 ގައި ބައްދަލު ކުރާނީ ޒިލީ އެސްސީ އަދި ޑެއިޒީއެވެ. އަދި 21:15ގައި ބައްދަލު ކުރާނީ ޕަޕިލިއަންސް އަދި އަމިގޯސްއެވެ.   މި މުބާރާތުގެ އަންހެން ޑިވިޝަނުގެ މެޗްތައް ކުޅެމުންދަނީ މީދޫގައެވެ. އަދި ފިރިހެން ޑިވިޝަނުގެ މެޗްތައް ކުޅެމުންދަނީ މަޑުއްވަރީގައެވެ.   މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ މީދޫ ޓައިމްސްއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...