ޔޫތް ރިކްރިއޭޝަން ކަޕް 2019: ޑޫޒިއަންސް އާއި ލައިކަންސް މޮޅުވި އިރު ނިއު ޖެނެރޭޝަނާއި ފެލްކަން މެޗް އެއްވަރު!
މިހާރު ކުރިއަށްދާ ޔޫތް ރިކްރިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަނުގައި އިއްޔެ އާއި ރޭ ކުޅެވުނު މެޗްތައް އެފްސީ ލައިކަން އަދި ޑޫޒިއަންސް ކާމިޔާބުކޮށްފިއެވެ.   ގުރޫޕް އޭގައި ކުޅެވުނު ފުރަތަމަ ބީބީ ނިއު ޖެނެރޭޝަން އާއި ފެލަކަން ސްޕޯރޓްސް ބައްދަލު ކުރި މެޗް ވަނީ 2 ލަނޑު 2 ލަނޑުން އެއްވަރު ވެފައެވެ. މިމެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފެލްކަންގެ ޖައިލަމް ޒަލީއެވެ. ދެވަނަ މެޗް 9 ލަނޑު 4 ލަނޑުން ޓީމް ބިނާ ބަލިކޮށް ކާމިޔާބުކުރީ އެފްސީ ލައިކަންސް އެވެ. މި މެޗްގެ މޮޅު ކުޅުތެރިޔަކަށް ހޮވުނީ ލައިކަންސްގެ އިބްރާހިމް ޒިހްނީއެވެ.   ގުރޫޕް ބީ ގައި ޑޫޒިއަންސްއާއި ޓީމް ވާލު ބައްދަލުކުރި މެޗް 5 -2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޑޫޒިއަންސްއެވެ. މެޗްގެ މޮޅު ކުޅުނތެރިޔަކަށް ހޮވުނު ޑޫޒިއަންސްގެ ޝަމްވީލް 3 ގޯލް ކާމިޔާބުކޮށްދިންއިރު އަނެއް 2 ގޯލް ކާމިޔާބުކޮށދިނީ ރިޝްވާންއެވެ.   ފިރިހެން ޑިވިޝަނުގެ 2 މެޗެއް މިއަދު ހަވީރުވެސް ކުޅޭނެއެވެ. ފުރަތަމަ މެޗްގައި 16:15ގައި ބައްދަލުކުރާނީ ބީބީ ނިއު ޖެނެރޭޝަންސް އަދި ޓީމް ބިނާއެވެ. 17:10 ގައި ބައްދަލުކުރާނީ އެފްސީ ލައިކަންސް އަދި ފެލްކަން ސްޕޯރޓްސްއެވެ. އަދި މިރޭ 10:15ގައި ގުރޫޕް ބީގައި ގާގަނޑު އެފްސީ އަދި ޓީމް ވާލު ބައްދަލުކުރާނެއެވެ. މި މުބާރާތުގެ ފިރިހެން ޑިވިޝަނުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ މަޑުއްވަރީގައެވެ. އަދި އަންހެން ޑިވިޝަންގެ މެޗްތައް ކުޅެމުންދަނީ މިދޫގައެވެ.   މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ މީދޫ ޓައިމްސްއެެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...