ޔޫތު ރިކްރިއޭޝަން ކަޕް: މިއަދުގެ މެޗުތައް ޑެއިޒީ އަދި ޒިލީ އެސް.ސީން ފަސޭހަކަމާއިއެކު ކާމިޔާބުކޮށްފި
މިހާރު ފެށިގެން ކުރިއަށްދާ ޔޫތު ރިކްރިއޭޝަން ކަޕްގެ އަންހެން ޑިވިޝަންގައި މިއަދު ކުޅުނު ދެ މެޗު ޒިލީ އެފް.ސީ އަދި ޑެއިޒީ އެފް.ސީން ފަސޭހަކަމާއިއެކު ކާމިޔާބުކޮށްފިއެވެ.   އެގޮތުން މިއަދުގެ ފުރަތަމަ މެޗު ޑެއިޒީ އެފް.ސީން ކާމިޔާބުކުރީ ޓީމް އޭއާރުސީ އާއި ބައްދަލުކޮށް 2-6 އިންނެވެ، މި މެޗުގައި ޑައިޒީގެ މަރިޔަމް އަލީ އަދި ރީމާ މުހައްމަދު ކޮންމެ ކުޅުންތެރިޔަކުވެސްވަނީ ތިން ލަނޑު ޖަހާފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޑެއިޒީ އެފް.ސީގެ ރީމާ މުހައްމަދުއެވެ.   މިއަދުގެ ދެ ވަނަ މެޗުގައި ޒިލީ އެސް.ސީ އަދި ކުލަބު ވައިކަންމަތި ބައްދަލުކުރި މެޗު ޒިލީ އެސް.ސީން ކާމިޔާބުކުރީ 0-7 ގެ ބޮޑު ތަފާތަކުންނެވެ. މި މެޗުގައި ޒިލީގެ ލުބުނާ ރަފީޢު 4 ލަނޑު ޖަހައިދިން އިރު އަރީޝާ ރިޒާވަނީ ދެ ލަނޑު ޖަހާފައެވެ. ޒިލީގެ އަނެއް ލަނޑު ޖަހައިދިނީ ލީނާ އައްބާސްއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޒިލީ އެސް.ސީގެ އަރީޝާ ރިޒާއެވެ.   މި މުބާރާތުގެ މެޗުތައް ކުރިއަށްދަނީ މީދޫ ފުޓުސަލް ދަނޑުގައެވެ. މި މުބާރާތުގެ ދެ މެޗެއް މާދަމާވެސް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މާދަމާ ހަވީރު 16:15 ގައި ބައްދަލުކުރާނީ ޓީމު ރާޅު އަދި އަމިގޯސް އެފް.ސީއެވެ. 17:15 ގައި ކުޅޭ ދެ ވަނަ މެޗުގައި ބައްދަލުކުރާނީ ޓީމު ޔޫނިއަން އަދި އެފް.ސީ ޕަޕީލިއަންއެވެ.  
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...