ރ. އަތޮޅު ކައުންސިލުން އިންތިޒާމް ކުރާ ހޭންޑްބޯޅަ މުބާރާތް ނޮވެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު ފަށަން ތައްޔާރުވެއްޖެއެވެ.
މުޅިން އަލަށް ކައުންސިލުން ބާއްވާ މި މުބާރާތުގައި މިފަހަރު ހަތަރު ރަށަކުން ވަނީ ބައިވެރިވެފައެވެ. މުބާރާތުގައި ބައިވެރިވެފައިވާ ރަށްތަކަކީ މަޑުއްވަރީ، އިނގުރައިދޫ، ހުޅުދުއްފާރު އަދި އަނގޮޅިތީމެވެ. މުބާރާތް ބާއްވަން ހުޅުވާލި ފުރުސަތުގައި އެއްވެސް ރަށަކުން ޝައުޤުވެރިކަންފާޅުކޮށްފައި ނުވާތީ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އުނގޫފާރުގައެވެ.
މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ އަށް ވަަނަ ދުވަހުއެވެ. ރ. އަތޮޅު ކައުންސިލުން ވަނީ މިދިޔަ އަހަރު ރ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ފުޓްސަލް މުބާރާތެއްވެސް ބާއްވާފައެެވެ. އަދި މިއަހަރުގެ ފުޓްސަލް މުބާރާތް ޑިސެމްބަރު މަހުގެ 15 ގައި ފަށަން ކައުންސިލުން ވަނީ ނިންމާފައެވެ.