ޔޫތް ރިކްރިއޭޝަން ކަޕް: ގާގަނޑު އެފްސީން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި!
ޔޫތް ރިކްރިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަންގެ ކުޅުން ރޭގަ ފެށިއިރު، ފުރަތަމަ މެޗް ގާގަނޑު އެފްސީން ކާމިޔާބުކޮށްފިއެވެ.   މަޑުއްވަރީ ފުޓްސަލް ދަނޑުގައި ކުޅުނު މިމެޗް ގާގަނޑު އެފްސީ ކާމިޔާބުކުރީ 4 ލަނޑު 3 ލަނޑުން ޑޫޒިއަންސް ބަލިކުމަށްފަހުއެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގާގަނޑު އެފްސީއަށް ގޯލްތައް ކާމިޔާބުކޮށްދިނީ އައިހަމް މުޙައްމަދު، ނާޖިހު މުޙައްމަދު އަދި މުޙައްމަދު އާސިފްއެވެ. މުޙައްމަދު އާސިފްވަނީ 2 ގޯލް ކާމިޔާބުކޮށްދީފައެވެ. ޑޫޒިއަންސްއަށް ގޯލްތައް ކާމިޔާބުކޮށްދިނީ އަޙްމަދު އާސިފް، މުހައިމިން އަދި ސަމްވީލް މުޙައްމަދެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ގާގަނޑު އެފްސީގެ މުޙައްމަދު އާސިފެވެ.   އަންހެން ޑިވިޝަންގެ ގުރޫޕް ބީ ގެ މެޗްތައް މިއަދު ހަވީރު ކުޅުމަށްވަނީ ހަމަޖެހިފައެވެ. ފުރަތަމަ މެޗުގައި 16:15 ގައި ބައްދަލް ކުރާނީ ޑެއިސީ އެފްސީ އަދި ޓީމް އާރކްއެވެ. 17:15 ގައި ބައްދަލްކުރާނީ ޒިލީ އެފްސީ އަދި ވައިމަތި ސްޕޯރޓްސްއެވެ. މި މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ މީދޫ ފުޓްސަލް ދަނޑުގައެވެ.   ފިރިހެން ޑިވިޝަންގެ ގުރޫޕް އޭ ގައި ހަވީރު 16:15ގައި ބައްދަލުކުރާނީ ފެލްކަން އަދި ބީބީ ނިއު ޖެނެރޭޝަނެވެ. އަދި  17:10 ގައި ބައްދަލްކުރާނީ އެފްސީ ލައިކަންސް އަދި ޓީމް ބިނާއެވެ. މުބާރާތުގެ ފިރިހެން ޑިވިޝަން ކުޅުމަށް ހަމަޖެހިފައިވަނީ މަޑުއްވަރީގައެވެ.   މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ މީދޫ ޓައިމްސްއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...