މީދޫގެ މަގުތަކުގައި ގައު އަތުރަން އެހެން ބަޔަކު ކުރި އެއްވެސް ކަމެއް ނޯންނާނެ - ކެނެރީ
މީދޫގެ މަގުތަކުގައި ގައު އަތުރާ ރަނގަޅު ފެންވަރަކަށް ތަރައްޤީކުރަން އެހެން ބަޔަކު އެއްވެސްކަމެއް ނޯންނާނެކަމަށް ޕީޕީއެމް މީދޫ އޮއިވަރު ގޮފީގެ ނައިބު ރައީސް އަހުމަދު ރަޝީދު (ކެނެރީ) ވިދާޅުވެއްޖެއެވެ.
އަހުމަދު ރަޝީދު މިހެން ވިދާޅުވީ2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދެއްވުމަށް މީދޫ ޕީޕީއެމް ގޮފިން މިދިޔަ އަންގާރަދުވަހުގެ ރޭ ރ. މީދޫ ކަންމަތީގޭ ކަންމަތީގައި އެޕާޓީ އިން ބޭއްވި ކަންމަތީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. " މީދޫގެ މަގުތަކުގައި ފެން ބޮޑުވެގެން އެކަން މިސަރުކާރުގެ ސަމާލުކަމަށް ގެންނަން ރަށުގައި ބޮޑުވެފައި އޮތް ފެންގަނޑުތެރޭ ޑިންގީ ދުއްވީވެސް ހަމަ އަޅުގަނޑު އިސްވެހުރެ" އަހުމަދު ރަޝީދު ވިދާޅުވިއެވެ.
އަހުމަދު ރަޝީދު އިތުރަށް ވިދާޅުވީ ރާއްޖޭގެ އެއްވެސް އަތޮޅު ތަޢުލީމީ މަރުކަޒެއްގައި ސަރުކާރުން ގައު އަތުރައިދީފައި ނުހުންނާނެކަމަށާއި އެކަން ހަމައެކަނި ކޮށްދީފައިވަނީ މި މީދޫގައި ހުރި ރ. އަތޮޅު ތަޢުލީމީ މަރުކަޒުގައިކަމަށްވެސް އަހުމަދު ރަޝީދު ވިދާޅުވިއެވެ.
އަންގާރަދުވަހުގެ ރޭ ބޭއްވި ކަންމަތީ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޕީޕީއެމް ކޯރ ޓީމުގެ މެމްބަރ މުޙައްމަދު ރަފީޢު ވިދާޅުވީ އެމޑީޕީގެ ވެރިކަން އަޅުގަނޑުމެންނަށް ފެނިއްޖެކަމަށާއި އަމިއްލައަށް ވެރިކަން ދޫކޮށްލާފައިގޮސް  ފިލިބަޔަކަށް އަލުން އަނބުރާ އެފުރުޞަތު ދިވެހިން ނުދޭނޭކަމަށެވެ. 
ރައީސް ޔާމީން 2018ވަަނަ އހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްދިނުމުގެ ގޮތުން ޕީޕީއެމުން މިރޭވެސް ކަންމަތީ ބައްދަލުވުމެއް ބޭއްވުމަށް އަންނަނީ ތައްޔާރުވަމުންނެވެ.   
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...