ޔޫތު ރިކްރިއޭޝަން ކަޕް މިއަދު ފަށަނީ
 މަޑުއްވަރީ އަދި މީދޫ ޒުވާނުންނަށް ހާއްޞަކޮށްގެން ބާއްވާ ޔޫތް ރެކްރިއޭޝަން ކަޕް މިއަދު ހަވީރު ފެށުމަށް ހަމަޖެހިއްޖެއެވެ.   އަންހެން އަދި ފިރިހެނުންނަށްވެސް  ހާއްޞަކޮށްގެން ބާއްވާ މި މުބާރަތުގެ އަންހެން ބައިގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ މީދޫގައެވެ. އަދި ފިރިހެން ބައިގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ މަޑުއްވަރީގައެވެ.   އަންހެނުންގެ ބައިގައި ޖުމްލަ 8 ޓީމަކުންވަނީ ބައިވެރި ވެފައެވެ. އެއީ މީދޫގެ އަމިގޯސް އެފްސީ، ޒިލީ އެފްސީ، އެފްސީ ޕަޕިލަން، ޑެއިސީ އެފްސީ އަދި މަޑުއްވަރީގެ ޓީމް ރާޅު، ޓީމް ޔޫނިއަން، ވައިމަތި ސްޕޯޓްސް އަދި ޓީމް އާރކް އެވެ. ދެގުރޫޕަކަށް ބަހާލައިގެން ފެށުމަށް ހަމަޖެހިފައިވާއިރު އަންހެން ބައިގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު 16:15ގައި ބައްދަލުކުރާނީ އެފްސީ ޕަޕިލަން އަދި ޓީމް ރާޅެވެ. އަދި ދެވަނަ މެޗުގައި ބައްދަލުކުރާނީ ޓީމް ޔޫނިއަން އަދި އަމިގޯސް އެފްސީއެވެ.   ފިރިހެން ބައިގައި ބައިވެރިވެފައިފައިވަނީ ޖުމްލަ 7 ޓިީމެވެ. އެއީ މަޑުއްވަރީގެ ފެލްކަން، ބީ ބީ ނިއު ޖެނެރޭޝަންސް، އެފްސީ ލައިކަންސް، ޓީމް ބިނާ، ޓީމް ވާލު އަދި މީދޫގެ ގާގަނޑު އެފްސީ އަދި ޑޫޒިއަންސްއެވެ. ފިރިހެން ބައިގެ ފުރަތަމަ މެޗުގައި މިރޭ 22:15 ބައްދަލުކުރާނީ ޑޫޒިއަންސް އަދި ގާގަނޑު އެފްސީއެވެ.   މި މުބާރާތުގެ ރެފްރީކަން ކުރައްވާނީ އެފްއޭއެމްގެ ރެފްރީންނެވެ.   މި މުބާރާތުގެ އަންހެން ބައިގެ މެޗުތައް މިދޫ ޓައިމްސްގެ ފޭސްބުކް ޕޭޖްއިން ލައިވްކުރާގޮތައް ވަނީ ހަމަޖެހިފައެވެ. އަދި މުބާރާތުގެ މީޑިއާ ޕާރޓްނަރަކީ މީދޫ ޓައިމްސްއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...