ރ. މީދޫގައި އަލަށް ހިންގަން ފެށި ޑެންޓަލް ކްލިނިކް، އޭއެމްޖީ ކްލިނިކް މިވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރ. މީދޫ އަދި ރ. އަތޮޅުގެ އެކި ރަށްތަކުގެ އާއްމުންގެ އިތުބާރު ހޯދާ ދަތުގެ ފަރުވާ ދިނުމުގައި މުހިއްމު ތަނަކަށް ވެފައެވެ.

ފެންވަރު ރަނގަޅު ސާމާނާއި ރަނގަޅު ޑޮކްޓަރަކާއެކު މީދޫގައި ފެށި މި ކްލިނިކް، ހުރިހާ ފަރާތްތަކުންވެސް ފާހަގަ ކުރަނީ ނުހަނު މުހިއްމު ހިދުމަތެއްގެ ގޮތުގައެވެ. ގިނަ ބަޔަކު ހޯދަން ބޭނުންވާ، އަދި ރީޖަނަލް ހޮސްޕިޓަލުންވެސް ނުހަނު ބާރުން ލިބޭ މި ޚިދުމަތް މީދޫގައި ފެށުމާއެކު ކްލިނިކުން ޚިދުމަތް ހޯދާ ފަރާތްތައްވެސް އަންނަނީ އިތުރުވަމުންނެވެ.

އޭއެމްޖީ ކްލިނިކްގެ ފަރާތުން މިހާރު ވަނީ ރަށުން ބޭރުން އަންނަ ފަރާތްތަކަށް އިތުރަށް ކަންކަން ފަސޭހަކޮށްދިނުމުގެ ގޮތުން ރަށުން ބޭރުން އަންނަ ފަރާތްތަކަށް މީދޫގައި ހުރުން ހަމަޖެއްސުމުގައި އެހީތެރިކަން ދޭން ފަށާފައެވެ. އެގޮތުން ފަރުވާއަށް އައުމުގެ ކުރިން އޭއެމްޖީ ކްލިނިކްގެ ނަމްބަރ 7264468 އަށް ގުޅުއްވައިގެން ނުވަތަ ވައިބަރ ކުރައްވައިގެންވެސް އެ ކްލިނިކްގެ އެހީ ހޯދޭނެއެވެ.

އޭއެމްޖީ ކްލިނިކުން މިވަގުތު ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރޭގައި ދަތް ސާފުކުރުން، ދަތް ނެގުން، ދަތުގައި ފުޓުނި އެޅުން، ދަތުގައި ދޯރިއެޅުވުން، ރޫޓްކެނަލް ހެދުން، ދަތުގައި ނަރުގަނޑު އެޅުވުމާއި ނަރުގަނޑު ބާރުކުރުން، ދަތުގެ އެކްސްރޭ ނެގުން، ދަތް ހުދު ކުރުން އަދި ދަތް ޖެހުން ހިމެނެއެވެ. އެ ކްލިނިކުގެ އަމާޒަކީ ކުރިއަށް އޮތްތަނުގައި މީގެ އިތުރުންވެސް އިތުރު ޚިދުމަތްތައް ތަޢާރަފް ކުރުމެވެ.