ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 27 ވަނަ ޤުރުއާން މުބާރާތް ފަށައިފި
ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 27 ވަނަ ޤުރުއާން މުބާރާތް ފަށައިފިއެވެ. 
މަރުކަޒުގެ ކުދިންގެ މެދުގައި ޤުރުއާނަށް ލޯބި ޖައްސާ ރީތިކޮށް ޤުރުއާން ކިޔެވުމަށް ބާރު އެޅުމުގެ ގޮތުން ކުރިއަށް ގެންދާ މި މުބާރާތުގައި މިއަހަރު ޖުމްލަ 109 ދަރިވަރުން ބައިވެރިވެފައިވާކަަމަށް ރ. އަތޮޅު ތަޢުލީމީ މަރުކަޒުން  މަޢުލޫމާތުދެއްވައެވެ. މި މުބާރާތް ކުރިއަށްދަނީ ދެ ގޮތްޕަކަށް ބަހާލައިގެންނެވެ. އެއީ ބަލައިގެން ކިޔެވުމާއި ހިތުން ކިޔެވުމުގެ ގޮތްޕެވެ. 
މިއީ ވިދިވިދިގެން މި މުބާރާތް ބާއްވާ 27 ވަނަ އަހަރުކަން ފާހަގަކޮށްލެވެއެވެ. މި މުބާރާތުގެ ކިޔެވުން ކުރިއަށްދަނީ ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޓީ.އާރު.ސީ ރޫމްގައެވެ.             
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...