ޒުވާނުންގެ ބޮޑު ގްރޫޕެއް ނިކުމެ މެމްބަރު އަމީތު ހެއްވާލައިފި
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންޠިހާބުގައި ޖުމުހޫރީ ޕާޓީގެ ޓިކެޓުގައި މަޑުއްވަރީ ދާއިރާއަށް ވާދަކުރައްވާ މަޑުއްވަރީ ދާއިރާގެ މިހާރުގެވެސް މެމްބަރު މުޙައްމަދު އަމީތު މިއަދު މީދޫއަށް ވަޑައިގަތުމުން ގިނަ ޒުވާނުން ނިކުމެ އެމަނިކުފާނަށް މަރުހަވާ ދަންނަވައިފިއެވެ.   މިއަދު ހަވީރު މެމްބަރު އަމީތު މަޑުއްވަރީން މީދޫއަށް ވަޑައިގަތުމުން މަރުހަބާ ދެންނެވުމަށްފަހު ގިނަ ޒުވާނުންތަކާއިއެކު މެމްބަރު އަމީތުވަނީ ސައިކަލުގައި ކެފޭ ޕްކެޒެންޓަށް ޒުވާނުންނާއި ބައްދަލުކުރުމަށް ވަޑައިގަންނަވާފައެވެ. މިއަދުގެ މި ހަރަކާތުން މެމްބަރު އަމީތަށް ޒުވާނުންގެ ތާއިދު އޮތް މިންވަރު ހާމަވެގެންގޮސްފައިވެއެވެ.   ކެފޭ ޕްލެޒެންޓުގައި ހަވީރުގެ ސައިފޮދާއިއެކު ޒުވާނުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން މެމްބަރު އަމީތު ވިދާޅުވީ، މަޖިލީހަށް ވާދަކުރަން ޖެހޭނީ އެންމެންނާއި ގުޅޭ އެންމެނާއިއެކުވެސް މަސައްކަތް ކުރެވޭނެފަދަ ޤާބިލް މީހެއްކަމަށާއި ޒުވާނުންގެ ފަރާތުން އަމީތަށް ލިބެމުންދާ ތަރުހީބަށް ޝުކުރުއަދާކުރައްވާކަމަށެވެ. މީގެ އިތުރުން ދުވަހަކުވެސް ތަރައްޤީއަށް ނޫނެކޭ ނުބުނާނެކަމަށާއި ތަރައްޤީގެ އިތުރު ހަރުފަތަކަށް ދާއިރާ ގެންދިޔުމަށް މެމްބަރު އަމީތާއިއެކު ޒުވާނުން ތިއްބެވުމަށް އަމީތު ގޮވާލެއްވިއެވެ.   މެމްބަރު އަމީތުގެ ކެމްޕެއިން ވަރަށް ފޯރީގައި ކުރިއަށް ގެންދާއިރު މި ހަފްތާ ބަންދުގައި މެމްބަރު އަމީތުގެ ކެމްޕެއިން ބޮޑު ޖަލްސާއެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...