ސަލަފުން ކުރިއަށް ގެންދަން އުޅުނު ފޯރަމް އަނެއްކާވެސް ހުއްޓުވައިފި
ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން އަންނަ ހުކުރުދުވަހުގެ ރޭ އަމީނިއްޔާ ސްކޫލުގެ ހޯލުގައި ބާއްވަން ތައްޔާރުވަމުން އައި ސަލަފް ފޯރަމް 6 އަނެއްކާވެސް ސަރުކާރުން ހުއްޓުވައިފިކަމަށް އެ ޖަމިއްޔާއިން ބުނެފިއެވެ.     ޖަމިއްޔަތުއްސަލަފްގެ ވެބްސައިޓުގައި ބުނެފައިވާގޮތުން މި ފޯރަމް ހުއްޓުވާފައިވަނީ އެޑިޔުކޭޝަން މިނިސްތްރީއިން އަމީނީއްޔާ ސްކޫލަށް ހޯލު ދޫނުކުރަން އެންގުމުންނެވެ. މިނސްޓްރީއިން ސްކޫލަށް މިގޮތަށް އަންގާފައިމިވަނީ ހޯލަށް ފައިސާވެސް ދައްކައި ހޯލުގެ ތައްޔާރީތައް ފަށާފައިވަނިކޮށްކަމަށްވެސް ސަލަފުން ބުނެފައިވެއެވެ.       ”ފޯރަމް ބޭއްވުމަށްޓަކައި ވާންޖެހޭ ހުރިހާ ތައްޔާރީއެއްވެ، އެކަމަށްޓަކައި އަމީނިއްޔާ ސްކޫލަށް ފައިސާވެސް ދައްކާފައި އޮއްވާ ސްކޫލު ހޯލު އެރެއަށް ދެވެން ނެތް ވާހަކަ ގުޅާފައިބުނީ. އަދި ކުރީ ފަހަރު ޖެހުނު މައްސަލަ ތަކުރާރު ވިޔަ ނުދިނުމަށް އިސްލާމިކް މިނިސްޓްރީއަށްވެސް ފޯރަމް ބާއްވާނެކަން އަންގާފައިވާނެ. އަމީނިއްޔާ ސްކޫލުން ގުޅާފަ ބުނީ އެޑިއުކޭޝަނުން ސްކޫލަށް ގުޅާފައި ބުނެފިޔޭ ސަލަފަށް ދީފައި އިން ހުއްދަ ކެންސަލް ކޮށްލާށޭ. އަދި ދައްކާފައި ހުރި ލާރިވެސް ރީފަންޑުކޮށްދޭށޭ. ދެން އަމީނިއްޔާ ސްކޫލުން ގުޅި އިސް ބޭފުޅާ ވިދާޅުވީ އެސްކޫލަކީ އެޑިއުކޭޝަންގެ ދަށުގައި އިންނަ ތަނަކަށްވާތީ ކެންސަލް ކޮށްލަންށޭ ޖެހޭނީ“ ޖަމްއިއްޔަތުއްސަލަފުގެ ހިންގާ ކޮމިޓީގެ މެމްބަރަކާ ހަވާލާދީ އެ ޖަމިއްޔާގެ ވެބްސައިޓުގައިވެއެވެ.   މީގެކުރިންވެސް މި ފޯރަމް ސަލަފުން ބާއްވަން އުޅުމުން އިސްލާމިކް މިނިސްޓްރީއިން ހުއްދަ ނުނަގާކަމަށްބުނެ ވަނީ ހުއްޓުވާފައެވެ. އެފަހަރު ފޯރަމް ބާއްވަން ތައްޔާރުވަމުން އައީ އަރަބިއްޔާ ސްކޫލްގެ ހޯލުގައެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...