އާދަމް ޝަރީފު ތަފާތު ގޮތަކަށް: މީދޫއިން ފުރައިގެން މަޑުއްވަރީއަށް ރިޔަލުގައި
މަޑުއްވަރީ ދާއިރާގައި ހިމެނެނީ އެންމެ 2 ރަށްކަމުން މިދެރަށުގެ ދޭތެރޭގައި ކެމްޕެއިން ދަތުރުތައް މެދުކެނޑުމެއްނެތި ހެނދުނުން ފެށިގެން މެންދަމާހަމައަށްވެސް ކުރެވެމުންދެއެވެ. މިދަތުރުތަކުގައި ލޯންޗުފަހަރާއި ޑިންގީ އަދި ބޮޑެތި ދޯނިފަހަރުވެސް ބޭނުންކުރަމުންދެއެވެ.   އެހެންނަމަވެސް މަޑުއްވަރީ ދާއިރާއަށް ވާދަކުރައްވާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ކެންޑިޑޭޓު އާދަމް ޝަރީފު އުމަރު، އިއްޔޭ މީދޫއިން ފުރައިގެން މަޑުއްވަރީއަށް ދަތުރުކުރީ މުޅިން ތަފާތު ގޮތަކަށެވެ. އިއްޔެ މެންދުރުފަހު 3:00ގައި މީދޫ ބޮޑުނެރުން އާދަމް ޝަރީފާއި އެބޭފުޅާގެ އަނބިކަނބަލުން ފުރާވަޑައިގަތީ ރިޔަލު ދޯންޏެއްގައެވެ. މިސްރާބުހުރީ މަޑުއްވަރީއަށެވެ.  
އާދަމް ޝަރީފު ރިޔަލު ދޯނީގައި މަޑުއްވަރީއަށް ދަތުރުކުރައްވަނީ | ފޮޓޯ: މީދޫ ޓައިމްސް
 ބަރާބަރު 1 ގަޑިއިރާއި 10 މިނެޓުގެ ދަތުރަކަށްފަހު މަޑުއްވަރީ ދެކުނު ފަރާތު ބަނދަރަށް އާދަމް ޝަރީފު ދަތުރުކުރަމުން ދިޔަ ރިޔަލު ދޯނި ވަނުމާއެކު މަޑުއްވަރީގައި އަތިރިމަތީގައި ތިބި އާދަމް ޝަރީފުގެ ސަޕޯޓަރުންގެ ތަރުހީބުން އެބޭފުޅާއަށް މަރުހަބާ ދެންނެވިއެވެ.  
އާދަމް ޝަރީފު ރިޔަލު ދޯނީގައި މަޑުއްވަރީއަށް ދަތުރު ކުރައްވަނީ | ފޮޓޯ: މީދޫ ޓައިމްސް
ދަތުރާގުޅޭގޮތުން މީދޫ ޓައިމްސްއަށް މައުލޫމާތުދެއްވަމުން އާދަމް ޝަރީފުވިދާޅުވީ ރިޔަލު ދޯނީގައި ދަތުރުކުރުމަކީ  އަބަދުވެސް ވަރަށް ކުރާހިތްވާކަމެއްކަމަށާއި އިއްޔެގެ ދަތުރު
އެގޮތަށް ކުރީ ދިވެހި ކާބަފައިން ކަނޑުދަތުރުކުރުމުގައި  ބޭނުންކުރި ހުނަރުތަކާއި އުކުޅުތަކާއި ކާބަފައިންގެ ހިތްވަރާއި
އަޒުމާއި ނަގާ ރިސްކުތަކާއި މޫސުމަށް ބަލައިގެން   ދަތުރު ކުރާގޮތް ހިއްސާކޮށްލުމަށްކަމަށެވެ.
އާދަމް ޝަރީފު ވިދާޅުވީ އެއީ މިއަދު ދިވެހި އާދަކާދައާއި ޘަޤާފަތާއި ގުޅިފައިވާ ކަމެއް ކަމަށެވެ. 

މީގެއިތުރުން މަޑުއްވަރީއަށް ރިޔަލު ދޯނީގައި ދަތުރުމިކުރީ
ވައި އެނބުރޭ، ވިލާ ޖަހާ، ބަނަދުވަހެއްގައި ކަމަށާއި ރިޔަލު ދޯނީގައި މީދޫއިން މަޑުއްވަރީއަށް ކުރި ދަތުރަކީ
ކުރީގެ ހަނދާންތަކާއި މާޒީ ހަނދާންކޮށްދިން ކަމެއްކަމަށް
 އާދަމް ޝަރީފް ވިދާޅުވިއެވެ. 
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...